ބާރު ސްޕީޑްގައި ދުއްވި ޒުވާނެއްގެ ކޮނޑުހުޅާއި ކޮލުގެ ކަށިގަނޑެއް ބިންދައިގެން ގޮސްފި

ރޭ ދަންވަރު މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ފަރުވާދެމުން އެބަދެއެވެ. ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓަކީ ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށާއި ފަރުވާ ދެމުން އަ...

24 Mar 2019 | 03:50

ރޭ ދަންވަރު މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ފަރުވާދެމުން އެބަދެއެވެ.

ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓަކީ ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށާއި ފަރުވާ ދެމުން އަންނަނީ 19 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

"ރޭ 02:20 ހާއިރު އަމީނީ މަގާއި ސިއްތިމާވާ ހިނގުން ގުޅުނު ކަންމަތިން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ބުނެފައިވަނީ އެ ޒުވާނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާގެ ކޮނޑުހުޅު ބިންދައިގެން ގޮސް ކޮލުގެ ކަށިގަނޑެއް ބިންދައިގެން ގޮސް މޫނު މަށައިގެން ގޮސް އެކިވަރުގެ އަނިޔާވެފައިވާކަމަށެވެ.

އިތުރަށް ބުނެފައިވަނީ އެކްސިޑެންޓްވި އަނެއް ސައިކަލު ވަނީ ފިލާފައި ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް