ތޫނު އެއްޗަކުން ހަމަލާދީ ފުވައްމުލަކުގައި ކުއްޖަކު ޒަހަމްކޮށްލައިފި

ފުވައްމުލައް ސިޓީގައި ކުއްޖަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. މީޑީއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ އުމުރުން 17 އަހަރުގެ ފިރ...

24 Mar 2019 | 03:41

ފުވައްމުލައް ސިޓީގައި ކުއްޖަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މީޑީއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. ހަމަލާ ދީފައިވަނީ ރޭ ފަތިހު 05:50 ހާއިރު ފުވައްމުލަކު މާދަނޑު ގެސްޓްހައުސްއެއް ކުރިމަތިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ހަމަލާ ދީފައިވަނީ އަތަށާއި ބޮލަށް ކަމަށާއި އެ ކުއްޖާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ހާލު ސީރިއަސް ނޫން ކަމަށާއި އަދި މި މައްސަލައިގާ މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް