ހިކެން ކުރާ މަސައްކަތުގައި ހަށިގަނޑަށް ޕްރޮޓީން ބޭނުންވާ މިންވަރު އެނގޭތަ!؟

ކުޑަކޮށް ހޯދާ ބަލައިގެން ހިކެން މަސައްކަތްކުރާ މީހެއް ނަމަ ހިކުމުގެ ދަތުރުގައި ޕްރޮޓީނަކީ ކިހާ މުހިއްމު ރޯލެއް އަދާކުރާ އެއްޗެއްކަން އެނގޭނެއެވެ. ހަމަ އެކަނި ހިކުމަކަށް ނޫނެވެ. ޕްރޮޓީނަކީ ހަށިގަނޑުގެ ...

24 Mar 2019 | 00:06

ކުޑަކޮށް ހޯދާ ބަލައިގެން ހިކެން މަސައްކަތްކުރާ މީހެއް ނަމަ ހިކުމުގެ ދަތުރުގައި ޕްރޮޓީނަކީ ކިހާ މުހިއްމު ރޯލެއް އަދާކުރާ އެއްޗެއްކަން އެނގޭނެއެވެ. ހަމަ އެކަނި ހިކުމަކަށް ނޫނެވެ. ޕްރޮޓީނަކީ ހަށިގަނޑުގެ އާއްމު ސިއްހަތަށްވެސް އެހާމެ ބޭނުންތެރި އެއްޗެކެވެ. ހަށިގަނޑުގެ ގުނަވަންތައް ބަރާބަރަށް "ފަންކްޝަން" ކުރުމަށް ބޭނުންވާ ތެލޭވެސް ބުނެވިދާނެއެވެ.

ދުވާލަކު ހަށިގަނޑަށް ޕްރޮޓީން ބޭނުންވާ މިންވަރު

ފެޓްސް އާއި ކާބޯހައިޑްރޭޓްސް ފަދައިން ޕްރޮޓީން އަކީ ހަށިގަނޑުގައި ރައްކާ ކޮށްދޭ މާއްދާއެއް ނޫނެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އެކަށީގެންވާ މިންވަރަކަށް ޕްރޮޓީން ހަށިގަނޑަށް ލިބުން މުހިންމެވެ. މަސްތަކަށާއި ހަމަށް އަދި ގުނަވަންތަކަށް ޕްރޮޓީނަކީ ކޮންމެހެން ބޭނުން އެއްޗެއް ކަމުގައިވާއިރު ހަށިގަނޑުގައި އައު ސެލްތައް އުފެދުމަށާއި ހަލާކުވާ ސެލްތައް ރަނގަޅު ވުމަށްވެސް ޕްރޮޓީނަކީ އެހާމެ މުހިންމު އެއްޗެކެވެ.

އެމެރިކާގެ އިންސްޓިޓިއުޓް އޮފް މެޑިސިންސް (ނެޝަނަލް އެކަޑެމީ އޮފް މެޑިސިންސް) އިން ބުނެފައިވާގޮތުގައި ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް މަދުވެގެން 0.8 ގްރާމް ޕްރޮޓީން ދުވާލަކަށް ހަށިގަނޑަށް ލިބެން ޖެހެއެވެ.

ކަސްރަތު ކުރާނަމަ ޕްރޮޓީން ބޭނުންވާ އަދަދު އިތުރުވޭ

ގަވާއިދުން ކަސްރަތު ކުރާނަމަ ހަށިގަނޑަށް ޕްރޮޓީޏް ބޭނުންވާ ވަރު އިތުރުވެއެވެ. އެގޮތުން އިންޓަނޭޝަނަލް ސޮސައިޓީ އޮފް ސްޕޯޓްސް ނިއުޓްރިޝަންއިން ބުނެފައިވާގޮތުގައި ގަވާއިދުން ކަސްރަތު ކުރާނަމަ ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯ އަކަށް 1.4 އާއި ދެ ގްރާމާއި ދެމެދުގެ އަދަދަކަށް ޕްރޮޓީން ބޭނުންވެއެވެ.

މާ ގިނައިން ޕްރޮޓީން ބޭނުންކުރުންވެސް ރައްކާތެރިއެއް ނޫން

އިނގިރޭސި ހަރުބަހެއްގައި "ޓޫ މަޗް އޮފް އެނީތިންގް އިޒް ބޭޑް" އޭ ބުނާ ބީދައިން ޕްރޮޓީނަކީވެސް ހައްދެއް މިނެއް ނެތި ހަށިގަނޑަށް ލިބޭ އެއްޗެއް ނަމަ ނުރައްކާ އެބަ އޮތެވެ. އެގޮތުން މާ ގިނައިން ހަށިގަނޑަށް ޕްރޮޓީން ލިބޭނަމަ ކިޑްނީގެ ބަލިތަކާއި ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮވެއެވެ. އަދި ކަށި ފީވުންވެސް އެކަށީގެންވެއެވެ. އެހެންކަމުން ހައްދެއް މިނެއް ނެތި ޕްރޮޓީން އެކުލެވޭ ކާނާ ކެއުންވެސް ބުއްދިވެރިއެއް ނޫނެވެ.

ރަނގަޅު މިންވަރެއްގައި ޕްރޮޓީން ލިއްބައިދޭ ބައެއް ކާނާ

ގިނަ ފަހަރަށް ޕްރޮޓީން އެކުލެވޭ ގިނަ ކާނާ ތަކުގައި ސެޗުރޭޓެޑް ފެޓްސް ހިމެނެއެވެ. ސެޗުރޭޓެޑް ފެޓްސްގެ ސަބަބުން ހަށިގަނޑުގައި ކޮލެސްޓްރޯލް އިތުރުވެ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނެއެވެ. އެހެންކަމުން ސެޗުރޭޓެޑް ފެޓްސް ހިމެނޭ މިންވަރުދަށް ޕްރޮޓީންސް އެކުލެވޭ ކާނާ ހިޔާރު ކުރުން މުހިންމެވެ.

އެގޮތުން ބޯންލެސް، ސްކިން ލެސް ކުކުޅަކީ ފެޓް ފްރީ ޑައިޓަރީ އުފެއްދުންތައް ހިޔާރު ކުރެވިދާނެއެވެ. އަދި ބީންސް އާއި ނަޓްސް އަކީވެސް ޕްރޮޓީން ލެވެލް އެއް މިނެއްގައި ހިފެހެއްޓުމަށް އެހީވެދޭނެ ކާނާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް