ތަނބުރުދޫގައި ރާޅާ އަޅަން އުޅެނިކޮށް ގެނބުނު ޒުވާނަކު މަރުވެއްޖެ

ކ. ތަނބުރުދޫގައި ރާޅާ އަޅަން އުޅެނިކޮށް ގެނބުނު ޒުވާނަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ އުމުރުން 21 އަހަރުގެ އަބްދުﷲ ނާއިލް އެވެ. ނާއިލް އަކީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިސްމާއިލް ނާއިލްގެ ކޮއްކޮ އެވެ....

24 Mar 2018 | 15:26

ކ. ތަނބުރުދޫގައި ރާޅާ އަޅަން އުޅެނިކޮށް ގެނބުނު ޒުވާނަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 21 އަހަރުގެ އަބްދުﷲ ނާއިލް އެވެ. ނާއިލް އަކީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިސްމާއިލް ނާއިލްގެ ކޮއްކޮ އެވެ. އޭނާ މަރުވީ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.

ނާއިލް އެރަށަށް ރާޅާ އަޅަން ދިޔައީ މިއަދު ހަވީރު 4:00 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ. ނާއިލް ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓު ކުރީ ހަވީރު 5:00 ހާއިރު އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި ނާއިލް ގެއްލިގެން ހޯަދަމުން ދަނިކޮށް ފެނުނީ ތަނބުރުދޫގެ އިރުމަތީ ފަރާތު ގޮނޑުދޮށުން ނެވެ. އެވަގުތު އޭނާއަށް ފުރަތަމަ ފަރުވާ ދިން ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ތަނބުރުދޫ އަކީ މާލޭގެ ރާޅުގަނޑު ސަރަހައްދު ބްރިޖު އަޅަން ބަންދު ކުރުމަށް ފަހު ރާޅާ އެޅުމަށް ޒުވާނުންނަށް ހަމަޖައްސައިދީފައިވާ ރަށެވެ. އެ ރަށަށް އެމްޓީސީސީ ފެރީގެ ހިދުމަތް ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް