ސިފައިންގެ އަހަރީ ބަޑި މުބާރާތް ފަށައިފި

ކޮންމެ އަހަރަކު އެމްއެންޑީއެފް އިން ބާއްވާ ސިފައިންގެ އަހަރީ ބަޑި މުބާރާތް ފަށައިފި އެވެ. މި މުބާރާތަކީ މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނުގައި ބާއްވާ ބަޑި މުބާރާތެކެވެ. އަލްމަރްހޫމް މޭޖާ އިނގިރޭސި...

24 Mar 2018 | 07:21

ކޮންމެ އަހަރަކު އެމްއެންޑީއެފް އިން ބާއްވާ ސިފައިންގެ އަހަރީ ބަޑި މުބާރާތް ފަށައިފި އެވެ.

މި މުބާރާތަކީ މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނުގައި ބާއްވާ ބަޑި މުބާރާތެކެވެ. އަލްމަރްހޫމް މޭޖާ އިނގިރޭސި އުމަރު މަނިކަކީ ސިފައިންގޭގައި ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ، ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.

މިއަހަރުގެ މުބާރާތް ރަސްމީކޮށް ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. ރަސްމީކޮށް މުބާރާތް ފައްޓަވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދުގެ އިތުރުން ޖެނެރަލް އޮފިސަރުންނެވެ.

މިއަދު ފެށި މި މުބާރާތުގައި ސިފައިންގެ 21 ޔުނިޓަކުން ވަނީ ބައިވެރިވެފައެވެ. މި މުބަރާތް ކުރިޔަށްދަނީ ގިރިފުށި ޓްރެއިން ސެންޓަރު ގަ އެވެ.

މި މުބާރާތަކީ ސިފައިންގެ މެދުގައި ބޮޑު ވާދަވެރިކަމެއް އޮންނަ މުބާރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް