އިންޑިއާގެ ޓީވީ ސީރީޒް ތަކުން މަޝްހޫރުކަން ހޯދާފައިވާ ކުޝާލް ތަންޑޮން ދެކެ ލޯބިވާކަމާއި އޭނާއަށް ކުރާ ސަޕޯޓު ދެއްކުމަށް ސައުދީ އަރަބިއްޔާގެ އަންހެނަކު މޮޔަ ކަމެއް ކޮށްފި އެވެ.
އެ އަންހެން މީހާ ވަނީ އޭނާގެ އަމިއްލަ ލެއިން އަތުގައި ކުޝާލްގެ ނަން އަޅާފައި އެވެ. އަދި މޮޅު ކަމެއްކަން ދައްކަންވެގެން ސޯޝަލް މީޑިއާގައި ކުޝާލް ޓެގް ކޮށް އެވާހަކަ ޖަހާފައިވެ އެވެ.
އެކަމާ ބައެއް މީހުން ތައުރީފުކޮށް ސޯޝަލް މީޑިއާގައި ލިޔުނު ނަމަވެސް އެ އަންހެން މީހާ އެންމެ ބޭނުންވި ކުޝާލްގެ ސަމާލު ކަމެއް ނުލިބުނެވެ.
އަންހެން މީހާގެ އެ ޕޯސްޓާއި ގުޅިގެން ކުޝާލް ޓުވިޓާގައި ބުނެފައިވަނީ އޭނާ އެންމެ ފަހުން ކުޅުނު ޑްރާމާ ސިލްސިލާ "ބޭހަދް" ނިމޭތީ ބައެއް އަންހެން ކުދިން ސޯޝަލް މީޑިއާގައި އަތުގަ ކަޓަރު އަޅާ ވާހަކަ އާއި އަމިއްލައަށް މަރުވާނެ ވާހަކަ ލިޔުމުން އެކަން އެހާ ސީރިއަސް ކޮށް ނުނަގާ ކަމަށެވެ. ހީކުރީ އެއީ މަޖަލަކަށް ލިޔުނު އެއްޗެހި ކަމަށެވެ.
އެކަމަކު ސައުދީގެ އެ އަންހެން މީހާ އެގޮތަށް ކަންތައް ކުރުމުން ވަރަށް ފޫހިވި ކަމަށާއި، އެއީ މޮޅު ކަމެއް ކަމަށް އޭނާ ނުދެކޭ ކަމަށެވެ. އަދި އެ އަންހެން މީހާ އޭނާގެ ނަޒަރުގައި ދަށު ދަރަޖައަކަށް ވެއްޓިފައިވާ ކަމަށާއި އެންމެ ޕޮއިންޓެއްވެސް އިތުރު ނުވާ ކަމަށެވެ.
އެ ޕޯސްޓު ކުރިތާ މާ ގިނަ އިރެއް ނުވެ ކުޝާލް ވަނީ އެ ޓުވީޓު ޑިލީޓުވެސް ކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް