ބޮލީވުޑްގައި މަސައްކަތް ކުރާ ހިތްވާ މީހުންނަށް ޕްރިޔަންކާ އެހީ ވެދެނީ

ބޮލީވުޑްގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުސަތެއް ޕްރިޔަންކާ ޗޯޕްރާ ހުޅުވާލައިފި އެވެ. ޕާޕަލް ޕެބްލް ޕިކްޗާސްގެ ނަމުގައި ޕްރިޔަންކާ ހުޅުވި ޕްރޮޑަކްޝަން ހައުސް މެދުވެރިކޮށް އަލަށް އެ...

24 Mar 2018 | 03:14

ބޮލީވުޑްގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުސަތެއް ޕްރިޔަންކާ ޗޯޕްރާ ހުޅުވާލައިފި އެވެ.

ޕާޕަލް ޕެބްލް ޕިކްޗާސްގެ ނަމުގައި ޕްރިޔަންކާ ހުޅުވި ޕްރޮޑަކްޝަން ހައުސް މެދުވެރިކޮށް އަލަށް އެ ދާއިރާއަށް ނިކުންނަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން މި ފުރުސަތުގެ ބޭނުން ހިފާ ބައިވެރިވާ ފަރާތްތަކުން ކުރިމަތިލާ މަގާމުތަކަށް ޝަރުތު ހަމަވާނަމަ ޕްރިޔަންކާގެ ޕްރޮޑަކްޝަން ހައުސިންއިން ބޮލީވުޑްގެ މަސައްކަތްތައް އެމީހަކަށް ހޯދައިދޭނެ އެވެ.

އެގޮތުން އެކްޓު ކުރުމުން ފެށިގެން ކެމެރާ ކުރުމާއި، ފިލްމު ޑައިރެކްޓް ކުރުމާއި ފިލްމު އެޑިޓް ކުރުންވެސް ހިމެނެ އެވެ. ބޮލީވުޑަށް ޝައުގުވެރިވާ މީހުން ހޯދުމަށް ޕްރިޔަންކާގެ ޕްރޮޑަކްޝަން ހައުސްއިން ވަނީ ވެބްސައިޓެއް ލޯންޗުކޮށްފައި އެވެ.

މިއީ މިފަހަކަށް އައިސް ބޮލީވުޑަށް އާ މޫނުތައް ތައާރަފު ކުރަން ބޭނުންވާ މަޝްހޫރު މީހުން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މަޝްހޫރު ދެ ޑައިރެކްޓަރުން ކަމަށްވާ ރޯހިތް ޝެޓީ އައި ކަރަން ޖޯހަރު ވަނީ އެމީހުންގެ ފިލްމުތަކުގައި ލީޑް ރޯލް ކުޅޭނެ އާ ތަރިން ހޯދުމަށް ސްޓާ ޕްލަސް އާއި ގުޅިގެން ޝޯއެއް ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް