ގުދުރަތީ ރީތިކަން ދަމަހައްޓައިދޭނެ ތިން މޭވާ އެއް!

އާންމުކޮށް ކައި އުޅޭ ކޮންމެ މޭވާއަކީ އޭގެން ހަށިގަނޑަށް މުހިންމު ފައިދާތަކެއް ކުރާ މޭވާ އެކެވެ. އޭގެ ތެރެއިންވެސް ތިރީގައި މިވާ މޭވާތަކަކީ އެ މޭވާއެއް ކެއުމުން ހަށިގަނޑުގެ ގުދުރަތީ ރީތިކަން ދަމަހައްޓަ...

24 Mar 2018 | 02:48

އާންމުކޮށް ކައި އުޅޭ ކޮންމެ މޭވާއަކީ އޭގެން ހަށިގަނޑަށް މުހިންމު ފައިދާތަކެއް ކުރާ މޭވާ އެކެވެ. އޭގެ ތެރެއިންވެސް ތިރީގައި މިވާ މޭވާތަކަކީ އެ މޭވާއެއް ކެއުމުން ހަށިގަނޑުގެ ގުދުރަތީ ރީތިކަން ދަމަހައްޓައިދީ ހަށިގަނޑު ލޫޅާފަތިކަށް އިތުރުކޮށްދޭ މޭވާތަކެކެވެ.

އަނބު:

އަނބަކީ ވިޓަމިން އޭ، ސީ، އީ އަދި ކޭ އިން މުއްސަނދިވެފައިވާ މޭވާ އެކެވެ. އަދި މިނެރަލްސްގެ ތެރޭގައި ހިމެނޭ ޕޮޓޭސިއަމްގެ އިތުރުން މެގްނީސިއަމްވެސް އުކުލެވޭ މޭވާ އެކެވެ. އާންމުކޮށް އަނބު ކާނަމަ އުމުރުން ދުވަސް ވާ ވަރަކަށް ހަންގަނޑަށް އަންނަ ބަދަލުތައް އައުން ލަސްކޮށްދޭނެ އެވެ

އިސްތަށިތަކުގެ ބުޑު ވަރުގަދަކޮށް ހުރުމަށްވެސް އަނބަކީ ކެއުން ރަނގަޅު މޭވާ އެކެވެ.

ލުނބޯ:

ލުނބޯގައި ވިޓަމިން  ސީ އާއި މިނެރަލްސް އެކުލެވިގެންވެ އެވެ. ލުނބޯ ބޭނުން ކޮށްގެން ރީތިވުމަށް ބޭނުން ކުރާ ސާމާނު އުފައްދަނީ އެހެންވެ އެވެ. އެކަމަކު އެ އެއްޗިއްސައްވުރެ އަމިއްލައަށް ގޭގައި ލުނބޯ ބޭނުން ކޮށްގެން ކުރެވޭ ކަމަކުން ހަށިގަނޑުގެ ރީތިކަމަށް މާ ފައިދާ ކުރާނެ އެވެ.

މާބޮޑަށް މޫނުމަތި ނުވަތަ ގައިގެ ހަންގަނޑު ތަތްލަވާނަމަ ފެންކޮޅެއްގެ ތެރެއަށް ލުބޯ ހުތް ނުވަތަ ލުނބޯ އަޅާފައި އިރުކޮށްލެއްގައި ބެހެއްޓުމަށް ފަހު ގައިގަ އުނގުޅާލާށެވެ. އޭރުން ހަންގަނޑު ސާފުވެ އުޖާލާ ކަމަށް ދައްކާނެ އެވެ.

ފަޅޯ:

ފަޅޯގައި އެކުލެވިގެންވާ ބައިތަކުގެ ތެރޭގައި ވިޓަމިން އޭ، ބީ، ސީ އަދި މިނެރެލްސްގެ ބައިތައް ކަަމަށްވާ ޕޮޓޭސިއަމް އާއި  މެގްނީސިއަމް ހިމެނެ އެވެ. އެހެންވެ ފަޅޯ އަކީ މޭވާގެ ތެރޭގައި ހިމެނޭ ޖަވާހިރެއްގެ ގޮތުގައި ސިފަ ކުރެ އެވެ.

ފަޅޯ ކެއުމުން ހަށިގަނޑުގައި މަރުވެފައި ހުންނަ ސެލްތައް ހަށިގަނޑުން ބޭރުވެ އެވެ. އަދި ފަޅޮލާއި މާމުއި ފަދަ އެއްޗެހި އެއްކޮށްގެން މޫނުގައި ހުނގުޅުމުން ހަންގަނޑު ސާފުކޮށްދީ  ރީތި ކަމަށް ދައްކާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް