ދެ ރަށެއްގައި އޮފީސް އިމާރާތް އަޅަން ފެނަކައިން ބަޔަކާ ހަވާލުކޮށްފި

ށ. މިލަންދޫ އާއި ގއ. ގެމަނަފުށީގައި އޮފީސް އިމާރާތެއް އަޅަން ފެނަކަ ކޯޕަރޭޝަނުން ދެކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިލަންދޫ ގައި އަލަށް އިމާރާތްކުރާ ފެނަކަ އޮފީހުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެހިކޮ...

24 Feb 2020 | 16:22

ށ. މިލަންދޫ އާއި ގއ. ގެމަނަފުށީގައި އޮފީސް އިމާރާތެއް އަޅަން ފެނަކަ ކޯޕަރޭޝަނުން ދެކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިލަންދޫ ގައި އަލަށް އިމާރާތްކުރާ ފެނަކަ އޮފީހުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެހިކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއި އެވެ. ގެމަނަފުށީގައި އިމާރާތްކުރާ ފެނަކަ އޮފީހުގެ މަސައްކަތް ހަވާލު ކުރީ އަފަމި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ.

މީގެ ތެރެއިން މިލަންދޫގައި އިމާރާތްކުރާ ފެނަކައިގެ އޮފީސް އިމާރާތް އަޅަން ހަވާލު ކުރީ 9.58 މިލިއަން ރުފިޔާ އަށެވެ. މިމަސައްކަތް 305 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ގެމަނަފުށީ ފެނަކަ އޮފީސް އިމާރާތް ނިންމަން ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށެވެ. އެ މަސައްކަތަށް 1.98 މިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ފެނަކައިން ބުނެ އެވެ.

މިއެއްބަސްވުންތަކުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް