ސްނޯކްލިންއަށް ގޮސްއުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ކ. މަހާނައެޅިހުރާ (ރިހިވެލި ރިސޯޓު) ކައިރިއަށް ސްނޯކްލިންއަށް ގޮސްއުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ބުނި ގޮތުގައި ގެނބިގެން މިއަދު ހެނދުނު 11:39 ކަންހާއިރު ރިޕޯޓްކޮށްފައި ވާއިރު...

24 Feb 2020 | 14:24

ކ. މަހާނައެޅިހުރާ (ރިހިވެލި ރިސޯޓު) ކައިރިއަށް ސްނޯކްލިންއަށް ގޮސްއުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި ގެނބިގެން މިއަދު ހެނދުނު 11:39 ކަންހާއިރު ރިޕޯޓްކޮށްފައި ވާއިރު މި ހާދިސާގައި މަރުވެފައި ވަނީ 48 އަހަރުގެ ޔޫކުރެއިން ފިރިހެން ފަތުރުވެރިއެއްކަމަށެވެ.

އޭނާ ފަހުން ވަނީ ގުރައިދީ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ. ފުލުހުން ވިދާޅުވީ އެތަނަށް ގެންދިޔުމުން ޑޮކްޓަރުން ބައްލަވާފައި ވިދާޅުވެފައިވަނީ ގެނައިއިރުވެސް މަރުވެފައި ކަމަށެވެ.

އޭނާ މަރުވެފައިވަނީ ފިޓް ޖެހިގެން ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް