އިމްރާން މާފުށީ ޖަލުގައި ރައީސް ޔާމީންއާ ބައްދަލު ކުރައްވައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ، ޖަލުގައި ހުންނަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ މިއަދު ބައްދަލު ކުރައްވައިފި އެވެ. ކަރެކްޝަނަލް ސާވިސަސްއިން ކުރި ޓުވީޓެއްގައި ބުނީ، ރައީ...

24 Feb 2020 | 13:33

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ، ޖަލުގައި ހުންނަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ކަރެކްޝަނަލް ސާވިސަސްއިން ކުރި ޓުވީޓެއްގައި ބުނީ، ރައީސް ޔާމީންއާ މިނިސްޓަރ އިމްރާން ބައްދަލު ކުރެއްވީ މިއަދު މިނިސްޓަރު މާފުށީ ޖަލުގެ ހާލަތު ބެއްލެވުމަށް ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންކަމަށެވެ. އަދި މި ޒިޔާރަތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުހައްމަދުފުޅު ވެސް ބައިވެރިވެވަޑަިއގެންފައިވާ ކަމަށެވެ. ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ރައީސް ޔާމީންއާ އިމްރާން ބައްދަލުކުރައްވައި، އެމަނިކުފާނުގެ ހުރި ކަންބޮޑުވުންތައް މި ޒިޔާރަތުގައި އޮޅުން ފިލުއްވާފައިވާ ކަމަށް ކަރެކްޝަންސް ވަނީ ބުނެފައެވެ.

މި ބައްދަލު ކުރެއްވުމާ ގުޅޭ އިތުރު ތަފަސީލެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް