ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕެއިން މާލޭގައި އަނެއްކާވެސް ފަށައިފި

ހިމަބިހި އަލުން ރާއްޖޭގައި ފެތުރޭތީ އެ ބަލި ނައްތާލުމަށް ވެކްސިން ދިނުމުގެ ގައުމީ ފެންވަރުގެ ކެމްޕެއިނެއް ފަށައިފި އެވެ. މި ކެމްޕެއިން ފުރަތަމަ ކުރިޔަށް ގެންދަން ނިންމާފައިވަނީ މާލެ ސަރަހައްދުގައި އެވ...

24 Feb 2020 | 11:32

ހިމަބިހި އަލުން ރާއްޖޭގައި ފެތުރޭތީ އެ ބަލި ނައްތާލުމަށް ވެކްސިން ދިނުމުގެ ގައުމީ ފެންވަރުގެ ކެމްޕެއިނެއް ފަށައިފި އެވެ.

މި ކެމްޕެއިން ފުރަތަމަ ކުރިޔަށް ގެންދަން ނިންމާފައިވަނީ މާލެ ސަރަހައްދުގައި އެވެ. މި ކެމްޕެއިން މިމަބިއްސަށް ދެ އެމްއާރުއައި ވެކްސިން ޑޯޒު ފުރިހަމަ ނުކުރާ 40 އަހަރުން ދަށުގެ ހުރިހާ އެންމެންނަށް ވެކްސިން ދޭނެ އެވެ.

މި ކެމްޕެއިން ރަސްމީކޮށް މިއަދު ފެށީ މާލޭގެ އަމީނިއްޔާ ސްކޫލްގައި އެވެ. ހެލްތް މިނިސްޓްރީން ބުނީ އެ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުންގެ ތެރެއިން ހިމަބިހި ވެކްސިން ޑޯޒު ފުރިހަމަ ނުކުރާ40 އަހަރުން ދަށުގެ ހުރިހާ އެންމެންނަށް ވެކްސިން ދޭނެ އެވެ.

މި ޕްރޮގްރާމް މާލޭގެ ހުރިހާ ސްކޫލްތަކެއްގައި ކުރިޔަށް ގެންދާނެ އެވެ. އަދި އޮފީސްތަކުގައި މަސައްކަތް ކުރާ40 އަހަރުން ދަށުގެ މުވައްޒަފުންގެ ތެރެއިން ހިމަބިހި ވެކްސިންގެ ދެ ޑޯޒު ހަމަ ނުކުރާ މީހުންނަށް ވެކްސިން ދޭނެ އެވެ. އޭގެ ތެރޭގައި ބިދޭސީން އިސްތިސްނާއެއް ނުވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް