ޓީއެމްއޭގެ ސީޕްލޭންއެއް ޖައްސަން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި ބައެއް މީހުންނަށް އަނިިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު11:30 ހާއިރު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި އެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީން ދަނީ މި ހާދިސާ ހިނގަން މެދުވެރި ސަބަބު އޮޅުންފިލުވަމުންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓު ހިނގީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ރާޅެއްގައި ޖެހިގެންނެވެ. މި ހާދިސާގައި ބޯޓުން ދަތުރު ކުރި ބައެއް މީހުންނަށް ކުދި އަނިޔާތައް ލިބިފައިވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި މި ހާދިސާގައި ބޯޓުގެ އެއްފާރާތުގެ ބުރަފައްޗާއި އިންޖީނު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިއްޔެވެސް ކުރެއްދުއަށް ދިޔަ ޓީއެމްއޭގެ ސީޕްލޭންއެއް ވަނީ އެކްސިޑެންޓެއް ވެފަ އެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް