ސީއެންއެންއިން ހޮވާ އެންމެ ރޮމޭންޓިކް މަންޒިލަކަށް ރާއްޖެ!

ސީއެންއެން އިން ކޮންމެ އަހަރަކުވެސް ހޮވާ ލޯބިވެރިނަށް އެންމެ ހާއްސަ މަންޒިލް ތަކުގެ އެއްވަނަ ރާއްޖޭއަށް ލިބިއްޖެ އެވެ. ސީއެންއެން އިން އާއްމު ކުރި ލިސްޓުގައި "ވޯލްޑްސް މޮސްޓް ރޮމޭންޓިކް ޕްލޭސަސް" ގެ ގ...

24 Feb 2020 | 09:36

ސީއެންއެން އިން ކޮންމެ އަހަރަކުވެސް ހޮވާ ލޯބިވެރިނަށް އެންމެ ހާއްސަ މަންޒިލް ތަކުގެ އެއްވަނަ ރާއްޖޭއަށް ލިބިއްޖެ އެވެ.

ސީއެންއެން އިން އާއްމު ކުރި ލިސްޓުގައި "ވޯލްޑްސް މޮސްޓް ރޮމޭންޓިކް ޕްލޭސަސް" ގެ ގޮތުގައި 13 މަންޒިލެއް ހިމެނިފައިވެއެވެ. ރާއްޖެއަށް އެއްވަނަ ލިބިފައިވަނީ ސޮނެވާ ޖާނީ އާއި ޖުމެއިރާ ވިއްޓަވެލި އިން ފަތުރުވެރިންނަށް ލިބިފައިވާ ހިދުމަތްތަކުންނެވެ.

ސީއެންއެން އިން ބުނެފައިވާގޮތުގައި ރާއްޖެ އަކީ އަބަދުވެސް ލޯބިވެރިންގެ މެދުގައި އެންމެ މަގުބޫލު އަދި ދާހިތްވާ ތަންތަނުގެ ލިސްޓުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގޮތުން ކައިވެންޏާއި، ހަނީމޫނާއި އެކި އަހަރީ ދުވަސް ފާހަގަ ކުރުމަށް ގިނަ ބަޔަކު ރާއްޖެ އާދެ އެވެ. ރާއްޖެ އަކީ ވަރަށް ވަރަށް ގިނަ ބަޔަކު އެތަނަކަށް އައުމަށް ހުވަފެންތަކެއް ދެކޭ މަންޒިލަކަށް ވަނީ ވެފައެވެ.

ސީއެންއެންގެ ލިސްޓުގައި ހިމެނިފައިވާ އިތުރު ގައުމުތަކުގެ ތެރޭގައި އެމެރިކާގެ ސައުތު ކެރޮލައިނާ އާއި ބޮޓްސްވާނާ އަދި ޕެރިސް ފަދަ ގައުމުތައް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް