މަޓީގެ ހިންގާ ބޯޑަށް މެންބަރުން އައްޔަން ކޮށްފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ހިންގާ ބޯޑަށް 12 މެމްބަރުން އައްޔަން ކޮށްފިއެވެ. މަޓީގެ ބޯޑަށް މެމްބަރުން އައްޔަންކޮފައިވަނީ އާދިއްތަ ދުވަހު ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ...

24 Feb 2020 | 07:00

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ހިންގާ ބޯޑަށް 12 މެމްބަރުން އައްޔަން ކޮށްފިއެވެ.

މަޓީގެ ބޯޑަށް މެމްބަރުން އައްޔަންކޮފައިވަނީ އާދިއްތަ ދުވަހު ކުރުނބާ މޯލްޑިވްސް ގައި ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ ގައެވެ. މަޓީގެ ހިންގާ ބޯޑުގެ ޗެއާމަންގެ މާގާމަށް އައްޔަން ކޮށްފައިވަނީ މުހައްމަދު އުމަރު މަނިކެވެ. ބޯޑު ވައިސް ޗެއާމަނުންނަށް ކޮށްފައިވަނީ ހުސެން އަފީފް އަދި ސަލާހް ޝިހާބް އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރުގެ އިތުރުން އެ އެސޯސިއޭޝަންގެ 84 މެމްބަރަކު ކުރުނބާ މޯލްޑިވިސްގައި ބޭއްވި ހަފްލާގައި ބައިވެރިވެވަޑިގެންފަ ވެއެވެ.

މި ޖަލްސާގައި ބޯޑުގެ ޗެއާމަން އުމަރު މަނިކު ވިދާޅުވީ މިދިޔަ އަހަރަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ކާމިޔާބު އަހަރެއްކަން ކަމަށެވެ.

ނަމަވެސް ދެމެހެއްޓެނެވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް އަދި ވަރަށް ގިނަ މަސައްކަތް ކުރަން އެބަހުރި ކަމަށާއި މިކަންކަން ކުރުމަށް މަޓީގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް