މާލޭ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިކަމުގައި ރަސްމީ އިދާރާއެއްގެ ބަހެއް އަދި ލިބިފައިނުވިނަމަވެސް ދުވަހަށް އެނގިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބްރިޖު ވިއު ޕޮއިންޓުގެ ކުރިމައްޗަށް އޮންނަ "ބެންޑް"ގައި ހުސްކޮށް ހުރި ބިމެއްގައެވެ. ރޯވެފައިވަނީ އެ ބިމުގައި ހުރި ލަކުޑިތަކެއްގައި ކަމަށް މައުލޫމާތު ލިބެއެއެވެ.
ފަތިހު 05:30 ހާއިރު ހިނގި އަލިފާނުގެ މި ހާދިސާއަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އިން އެޓެންޑްވެ، ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް