ފެނަކައިން ދެ ރަށެއްގައި އާ އިންޖީނުގެ އަޅަން ބަޔަކާ ހަވާލުކޮށްފި

ފެނަކަ ކޯޕަރޭޝަނުން ދެ ރަށެއްގައި ހިންގާ އިންޖީނުގޭގެ އާ އިމާރާތް އަޅަން ބަޔަކާއި ހަވާލުކޮށްފި އެވެ. އަލަށް އިމާރާތް އަޅަން ހަވާލުކޮށްފައިވަނީ ނ. ޅޮހި އަދި ލ. ފޮނަދޫގައި އެވެ. އެއީ އިންޖީނު ރޫމާއި އޮފ...

24 Feb 2020 | 01:04

ފެނަކަ ކޯޕަރޭޝަނުން ދެ ރަށެއްގައި ހިންގާ އިންޖީނުގޭގެ އާ އިމާރާތް އަޅަން ބަޔަކާއި ހަވާލުކޮށްފި އެވެ.

އަލަށް އިމާރާތް އަޅަން ހަވާލުކޮށްފައިވަނީ ނ. ޅޮހި އަދި ލ. ފޮނަދޫގައި އެވެ. އެއީ އިންޖީނު ރޫމާއި އޮފީސް ބައި ހިމެނޭ ގޮތަށް އަޅާ އިމާރާތްތަކެކެވެ.

މި ދެރަށުގައި އިމާރާތް ކުރާ އިންޖީނުގެތައް އަޅަން ހަވާލުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް އާއި އެވެ. މިކަމަށްޓަކައި ދެފަރާތުގެ ދެމެދުގައި ވެނުނު އެއްބަސްވުމުގަ ފެނަކަގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު އަސްލަމް އެވެ.

މީގެ ތެރެއިން ޅޮހީގައި އިމާރާތް ކުރަން ހަމަޖެހިފައިވާ އިންޖީނުގޭގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 270 ދުވަހުގެ ތެރޭގައި ނިންމާށެވެ. އެ މަސައްކަތް ނިންމާ ހަވާލު ކުރަން ޖެހެނީ މިއަހަރުގެ ނޮވެމްބަރު 26 ގެ ކުރިންނެވެ. އެއީ 6.47 މިލިއަން ރުފިޔާ ޕްރޮޖެކްޓެކެވެ.

ފޮނަދޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ އިންޖީނުގޭގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 305 ދުވަހުގެ ތެރޭގައި ނިންމާށެވެ. މި މަސައްކަތް ނިންމާ ހަވާލު ކުރަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ 31 ޑިސެމްބަރު 2020 އެވެ. މިއީ  8.64 މިލިއަން ރުފިޔާ ޕްރޮޖެކްޓެވެ.

ފެނަކައިން މީގެ ކުރިން ބުނެފައިވަނީ މިއަހަރު އެ ކުންފުނިން އިންޖީނުގެ ހިންގާ30 ރަށެއްގަ ފެނަކައިގެ އާ އިމާރާތްތައް ބޭނުން ކުރަން ފަށާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް