އެސްޓީއޯ "ރަމަޟާން ބާޒާރު" ފަށައިފި

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެސްޓީއޯއިން ކުރިޔަށް ގެންދާ "ރަމަޟާން ބާޒާރު" ފަށައިފި އެވެ. ރަސްމީކޮށް މި ބާޒާރު ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދ...

24 Feb 2020 | 00:38

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެސްޓީއޯއިން ކުރިޔަށް ގެންދާ "ރަމަޟާން ބާޒާރު" ފަށައިފި އެވެ.

ރަސްމީކޮށް މި ބާޒާރު ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދެވެ.

މިއަހަރު ރަމަޟާން ބާޒާރުގައި ކޮންމެ1،000 ރުފިޔާއެއްގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ޕްރޮމޯޝަންގައި އެސްޓީއޯގެ ފިހާރަތަކުން ވިއްކާ ތަކެތިން40 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ދެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުގަ ތަފާތު ހަރަކާތްތަކެއް ކުރިޔަށް ދާނެ އެވެ. އެގޮތުން1،000 ރުފިޔާއަށްވުރެ މަތިން ގަންނަ މަކިޓާ ބްރޭންޑުގެ މުދަލަށް ގުރުއަތު ހޮވޭ ފަރާތްތަކަށް ވަގުތުން އިނާމު ލިބޭނެ އެވެ.

އަދި ނިޕޯން ވިނިލެކްސް އާއި ނިޕޯން ވިނީލް ސިލްކް ރޭންޖްގެ ކުލަތަކުން15 ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ. މީގެ އިތުުން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ މަކިޓާ ބުރުމާ ބޭނުން ކޮށްގެން ތޮރުފުމުގެ މުބާރާތެއް އޮންނާނެ އެވެ.

މުޅި ބާޒާރުން އެއްވަނައަށް އަށް ދާ ފަރާތަކަށް ހަތަރު މީހަހަކަށް އުމްރާ ދަތުރެއް ލިބޭނެ އެވެ. އަދި ދެވަނަ އަށްދާ މީހަކަށް ދެ މީހަކަށް އުމްރާ ދަތުރެއް ލިބޭނެ އެވެ. ތިން ވަނައަށް ދާ ފަރާތަކަށްވެސް ދިނުމަށް ހަމަޖެހިފައިވަނީ އުމްރާ ދަތުރެކެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ އިއްޔެއިން ފެށިގެން މެއި30 ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް