މުސާރަ ނުދީގެން ގިނަ އަދަދެއްގެ ބިދޭސީން ފުލުހަށް ގޮސްފި

ބިދޭސީން ތަކަކަށް މުސާރަ ނުދީގެން، އެ ބިދޭސީން ފުލުސް އޮފީހަށް ގޮސްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު ހަވީރު 05:40 ހާއިރު ގަލޮޅު ވިލީ އަށް 56 ބިދޭސީއަކު ދިޔަ ކަމަށެވެ. ...

24 Feb 2019 | 15:05

ބިދޭސީން ތަކަކަށް މުސާރަ ނުދީގެން، އެ ބިދޭސީން ފުލުސް އޮފީހަށް ގޮސްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު ހަވީރު 05:40 ހާއިރު ގަލޮޅު ވިލީ އަށް 56 ބިދޭސީއަކު ދިޔަ ކަމަށެވެ. މި މީހުންގެ ޝަކުވާއަކީ މުސާރަ ނުދޭ މައްސަލަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ އެ މައްސަލަ ލޭބަރ އޮތޯރިޓީއަށް ހުށަހަޅަން ފުލުހުން އިރުސާދު ދީފައިވާނެ ކަމަށެވެ.

ބިދޭސީންނަށް މުސާރަ ނުދިނުމާއި އޮޅުވާލައިގެން ގެނެސް ޕާސްޕޯޓާއި ލިޔެކިޔުންތައް އަތުލުމަށްފަހު ބިދޭސީން މާލެއަށް ގިނަ ކުރުމަކީ ބޮޑު މައްސަލައަކަށް ވެފައި އޮންނަ މައްސަލައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް