މިއަދު މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ގ.އީލާމްގޭ 5 ވަނަ ފަންގިފިލާގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލާފައިވާކަމަށެވެ.
"މިހާދިސާގެ މަޢުލޫމާތު މިއަދު 17:00 ހާއިރު އެމްއެންޑީއެފް އެފްއާރުއެސްއަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން ފަޔަރ ފައިޓަރުން އެސަރަހަށްދަށް ގޮސް ކުރި މަސައްކަތުން އެ ގޭގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ 17:15 ގައެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.
ބުނެފައިވަނީ މިހާދިސާ ހިނގަން މެދުވެރިވީ ކޮޓަރީގައި ހުރި އެއަރކޮންޑިޝަންގެ އިންޑޯ ޔުނިޓްގައި އަލިފާން ރޯވެ ވެއްޓުމުގެ ސަބަބުން ކަމަށެވެ. އީލާމް ގޭގައި ހިނގި މިހާދިސާގައި އެ ގޭގައި ބޭނުންކުރާ ފަރުނީޗަރަށާއި އެހެނިހެން ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް