ޝަކީބާއި އޭނާގެ އަނބިކަނބަލުން ޑީޕީއިން ވަކިކޮށްފި

މުވައްޒަފުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވަނިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން، ޑީޕީއީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަކީބާއި އޭނާގެ އަނބިކަނބަލުން ވަޒީފާއިން ވަކިކޮށްފި އެވެ....

24 Feb 2019 | 09:17

މުވައްޒަފުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވަނިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން، ޑީޕީއީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަކީބާއި އޭނާގެ އަނބިކަނބަލުން ވަޒީފާއިން ވަކިކޮށްފި އެވެ.

ޑިޕީއީގެ ވެރިއެއްގެ ގޮތުގައި ޝަކީބު ހުންނަވާތާ 11 އަހަރު ފަހުން އޭނާ އެމަގާމުން ވަކިކޮށް އެހެން އިދާރާއަކަށް އަނބިކަނބަލުންނާއެކު ބަދަލުކޮށްފައި މިވަނީ، ޝަކީބާއި އޭނާގެ އަނބިކަނބަލުންގެ ނުފޫޒު މުޅި އިދާރާއަށް އޮންނަކަމަށް ބުނެ އެ އޮފީހުގެ މުވައްޒަފުންތަކެއް ސަރުކާރުގެ އެކި އޮފީސްތަކަށް މައްސަލަ ވެސް ހުށަހަޅާފައި ވަނިކޮށެވެ. އަދި އޭސީސީން ވަނީ އެމައްސަލަ ބެލުމަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގާފައެވެ.

އެހެންނަމަވެސް އެއީ ވަކި ބޭފުޅަކާ ދޭތެރޭ އެޅި ފިޔަވަޅެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އާ ސަރުކާރު އައުމަށްފަހު މިނިސްޓްރީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެކި ޑިޕާޓްމެންޓްތަކަށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޑީޕީއީ ވެސް ހިމެނޭ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޝަކީބު ބަދަލުކޮށްފައި ވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށެވެ. އޭނާގެ އަނބިކަނބަލުން ބަދަލުކުރީ އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ޑިޕާޓްމަންޓަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް