އަމިއްލަ ބޭނުންތަކަށާއި ވިޔަފާރި ކުރުމަށް ގަންނަން ބޭނުންވާ ވެހިކަލް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން މިއަދު 'ވެހިކަލް ލޯން' ތައާރަފްކޮށްފިއެވެ.
މި ލޯނަކީ ދިވެހި ރާއްޖޭގައި ވެހިކަލް ގަތުމަށް މަހަކު ދައްކަން ޖެހޭ އެންމެ ކުޑަ އަދަދު ކަނޑައެޅިފައިވާ ލޯނެވެ. އަދި ހަމައެހެންމެ މިއީ ރާއްޖޭގައި އިންސްޓޯލްމަންޓަށް ވެހިކަލް ދޫކުރާ ފަރާތްތަކުން މަހަކު ދައްކަން ޖެހޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތަކަށްވުރެންވެސް ކުޑަ އަދެދެކެވެ.
މި ގޮތުން ރަހުނަކާ ނުލައި 500،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބިގެން ދާނެކަމުގައި ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލް ވެހިކަލް ލޯނަށް އެދި ހުށަހަޅާއިރު ގަންނަން ބޭނުންވާ ވެހިކަލްގެ %20 ކަސްޓަމަރު އަމިއްލަ އަށް ޚަރަދު ކުރަންޖެހެއެވެ. ބީއެމްއެލް ވެހިކަލް ލޯން ގެ ދަށުން ގަންނަން ހުށައަޅާ ކޯޓޭޝަނަކީ ބީއެމްއެލް އާއކު އެގްރީމަންޓް ކުރެވިފައިވާ ޑީލަރއެއްގެ ކޯޓޭޝަނަކަށް ވާންޖެހެއެވެ. އަދި މި ލޯނުގެ ދަށުން ގަނެވޭ ވެހިކަލް ވާންޖެހޭނީ ރާއްޖެއަށް އިމްޕޯޓް ކުރެވިފައިވާ ވެހިކަލް އަކަށް ކަމަށާއި ބޭންކާއެކު އެއްބަސްވުން ހަދާފައިވާ ވެހިކަލް ޑީލަރސްގެ ލިސްޓް ބޭންކް ވެބްސައިޓްގައި ޝާއިއުކޮށްފައިވާނެ ކަމުގައިވެސް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން މައުލޫމާތުދޭގޮތުގައި ބީއެމްއެލް ވެހިކަލް ލޯނަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ބޭނުންވާ ލިޔެކިއުންތަކާއެކު ބީއެމްއެލްގެ ކޮންމެ ބްރާންޗްއަކަށްވެސް ހުށަހެޅިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް