ވޯޓާ ތީމް ޕާކު އަންނަ އަހަރު ހުޅުވަނީ

ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކް މިއަންނަ އަހަރު ހުޅުވާނެ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. މި ވޯޓާ ތީމް ޕާކަކީ 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385.5 މިލިއަން ރު...

24 Feb 2019 | 06:29

ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކް މިއަންނަ އަހަރު ހުޅުވާނެ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މި ވޯޓާ ތީމް ޕާކަކީ 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385.5 މިލިއަން ރުފިޔާ) ހަރަދުކޮށްގެން، ހަދާ ޕާކެކެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވޯޓާ ތީމް ޕާކުގެ މަސައްކަތް ހަލުއި ކަމާއެކު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދާ އެ ޕާކުގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހުގެ ތެރޭ މުޅީން ނިމޭނެ ކަމަށެވެ.

އެޗްޑީސީއިން ޕާކްގެ މަސައްކަތް ކުރަނީ މެލޭޝިއާ މިރީ ހައުސިން ޑިވެލޮޕްމަންޓް ކުންފުންޏާ ހަވާލުކޮށްގެންނެވެ.

ހުޅުމާލޭގެ ދެކުނު ކޮޅުން ބްރިޖަށް އަރަންދާ މަގުގައި އޮންނަ ބޮޑު މަގުގެ އަތިރިމައްޗަށްވާ ގޮތަށް ހަދާ ވޯޓަ ތީމް ޕާކުގައި ފެނުގެ ގިނަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތް ގާއިމް ކުރާނެ އެވެ. މި ތަނުގައި ވޯޓާ ސްލައިޑްސް އާއި ކުޑަކުދިންގެ ޕޫލް ތައް ހުންނާނެ އެވެ. އަދި ބަމްޕަ ބޯޓްސް އާއި ވޯޓާ ހައުސްގެ އިތުރުން ވޯޓާ ރޯލާޒް އާއި ވޯޓާ ގައިރޯ އާއި އަކުއާ ލޫޕްސްގެ އިތުރުން ފައުންޓަން ސްކޮއާގެ ދިގު ފެންކޯރެއްވެސް އޮވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް