އާޒިމާގެ ޕާސްޕޯޓް ނުހިފާއްޓަން:އިމިގްރޭޝަން

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރުގެ ޕާސްޕޯޓް ހިފަހައްޓާފައި ނުވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. ޕީޕީއެމާއި ...

24 Feb 2019 | 05:20

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރުގެ ޕާސްޕޯޓް ހިފަހައްޓާފައި ނުވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ވަގުތީ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އާޒިމާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް އޮންލައިން ނޫހެއް ކަމަށްވާ ސީއެންއެމަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިން ވިދާޅުވީ، އަޒިމާގެ ޕާސްޕޯޓް އިމިގްރޭޝަނުން ހިފާއްޓާފައެއް ނުވާނެ ކަމަށެވެ.

އާޒިމާގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ޕީޕީއެމް ކޯލިޝަނުން ބުނި އިރު އޭނާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލާފަ އެވެ. ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަކުރުމުގެ ތުހުމަތުގައި، އާޒިމާ އެކަމަށް އެހީތެރިވެދީ، އަދި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ދައުވާ ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް