ހައިވޭގައި ދެ ސައިކަލު ފައްތަރުވެ އަންހެންކަށާއި ތިން ފިރިހެނަކަށް އަނިޔާވެއްޖެ

ހުޅުމާލެއިން މާލެއަށް އައި ދެ ސައިކަލު އެކްސިޑެންޓުވެ އަންހެނަކަށާއި ތިން ފިރިހެނަކަށް އަނިޔާވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނި ރޭ ދަންވަރު 12:30 ހާއިރު ހުޅުމާލެއިން މާލެއ...

24 Feb 2019 | 02:28

ހުޅުމާލެއިން މާލެއަށް އައި ދެ ސައިކަލު އެކްސިޑެންޓުވެ އަންހެނަކަށާއި ތިން ފިރިހެނަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނި ރޭ ދަންވަރު 12:30 ހާއިރު ހުޅުމާލެއިން މާލެއަށް ދުއްވާފައިދިޔަ ދެ ސައިކަލު ހައިވޭ ހަތަރު ލޭން ހިމެނޭ ސަރަހައްދުން ޖެހި އެކްސިޑެންޓްވެ ހަތަރު މީހަކަށް އަނިޔާވެފައިވާކަމަށެވެ.

"އަނިޔާވެފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ އަންހެނަކަށާއި 54 އަހަރުގެ ފިރިހެނަކަށާއި 50 އަހަރުގެ ފިރިހެނަކަށް، މި މީހުންގެ ތެރެއިން 20 އަދި 21 އަހަރުގެ އަންހެންމީހާ އަކީ އެއް ސައިކަލެއްގައި ތިބި ދެމީހުން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ހަތަރު މީހުންވެސް ގައިގެ އެކި ތަންތަން މަށައިގެން ގޮސް އެކި ވަރުގެ އަނިޔާވެފައިވާކަމަށެވެ. ބޮޑު އަނިޔާއެއް އެއްވެސް މީހަކަށް ލިބިފައިނުވާކަމަށް ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި މީހުންގެ ތެރެއިން 54 އަހަރުގެ މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން ކަމަށެވެ. އަދި އަނެއް ތިން މީހުންނަށް އޭޑީގައި ފަރުވާ ދެމުން އަންނަކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް