ޙާއްސަ ހަފްލާއަކާއެކު މައި ކޮލެޖުގެ ސްޓޫޑެންޓް އެސޯސިއޭޝަން އިފްތިތާޙް ކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ދަރުމަވަންތަ ސްކޫލް ހޯލްގައި ބޭއްވި، މައި ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން އިފްތިތާހް ކުރުމުގެ ހަފްލާ ޝަރަފް ވެރި ކޮއްދެއްވާފައި ވަނީ އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއުއެވެ.
މި ހަފްލާ ޝަރަފުވެރި ކޮއްދެވަމުން ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުޥީ، ގައުމުގެ ތަރައްގީއާއި އިޤްތިސާދީ ކުރިއެރުވުމުގެ އެންމެ ބޮޑު ހިއްސާއެއް އޮތް ބަޔަކީ ކޮލްޖްތަކުގައި ކިޔަވާ ޒުވާނުން ކަމަށެވެ.
އަހުމަދު ޝަފީއުގެ އިތުރުން މައި ކޮލެޖްގެ ކުރީގެ ރެކްޓާރ އަދި އެޑިއުކޭޝަނަށް އެތަކެއް ހިދުމަތެއް ކުރެއްވި ޑރ. އާމާލް އަލީވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ބައެއް ކޮލެޖްތަކުގެ އިސް ދަރިވަރުންވެސް މި ހާއްސަ ހަފްލާގައި ވަނީ ބައިވެރި ވެފައެވެ.
މި ހަފްލާގައި ވާހަކަ ދައްކަމުން ކޮލެޖްގެ ޗެއާރމަން ވިދާޅުވީ، ހިތްވަރާ އެކު މަސައްކަތް ކޮއްފި ނަމަ ކާމިޔާބީއަކީ ތިމާގެ މުށުތެރޭ ވާ އެއްޗެއް ކަމަށެވެ.
މި އަހަރު މައި ކޮލެޖް އެސްއޭގެ ރައީސްގެ މަގާމަށް އިންތިހާބު ވެފައި ވަނީ ޒިދާން މުހައްމަދު/ރ.ވާދޫ އެވެ. އަދި ނައިބް ރައީސް ކަމަށް އައިޝަތު ޖުމާނާ/ނ.ޅޮހި އަދި ޔޫސުފް ރިޝްފާން/ލ.ފޮނަދޫ އެވެ. އަދި މީގެ އިތުރަށް ހަޒާން ދާރު، އިވެންޓް ކޯޑިނޭޓަރ، ޖެނަރަލް މެންބަރ އަދި އެންބެސިޑަރގެ މަގާމުތަކަށް ވެސް ކުދިން ވަނީ އައްޔަން ކުރެވިފައެވެ.
ދިވެހި ރާއްޖޭގެ ކޮލެޖްތަކަށް ނަމޫނާ އެސްއޭއަކަށް މައި ކޮލެޖްގެ އެސްއޭ ހެދުމަށް ހިތްވަރާއެކު މަސައްކަތް ކުރާނެ ކަމަށް އަލަށް އިންތިހާބުވި އެސްއޭގެ ރައީސް ފާހަގަ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް