ޑރ. އިޔާޒްގެ ރައްދު އިސްލާމިކް މިނިސްޓަރަށް: ދީނީ އިލްމުވެރިން އެނގި ނުލައްވާނަމަ އިސްތިއުފާ ދެއްވާ

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ދޫކޮށްލުމަށް ގޮވާލައި ދީނީ 40 އިލްމުވެރިން ޕެޓިޝަނެއްގައި ސޮއި ކުރުމުން އެއީ ދީނީ އިލްމުވެރިން ކަމާއިމެދު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ސުވާލު...

24 Feb 2018 | 11:54

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ދޫކޮށްލުމަށް ގޮވާލައި ދީނީ 40 އިލްމުވެރިން ޕެޓިޝަނެއްގައި ސޮއި ކުރުމުން އެއީ ދީނީ އިލްމުވެރިން ކަމާއިމެދު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ސުވާލު އުފެއްދެވުމުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް، އިސްލާމިކް މިނިސްޓަރަށް ވަރުގަދަ ރައްދެއް ދެވައިފި އެވެ.

ޑރ. އިޒާޒް އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވަނީ ޝެއިޚް އިމްރާން ދޫކޮށްލަން ގޮވާލާ ޕެޓިޝަންގައި ސޮއި ކޮށްފައިވާނީ ދީނީ އިލްމުގެ ރޮނގުން ދަށްވެގެން ބީ.އޭ އޮތް ބޭފުޅުން ކަމަށެވެ.

"ޑރ. ޒިޔާދު އެވެ. ރާއްޖޭ ގައި ތިއްބެވި ދީނީ އިލްމުވެރިން މަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ނަމަ އަވަހަށް އިސްތިއުފާ ދެއްވުން ރަނގަޅުވާނެ އެވެ" ޑރ. އިޔާޒް ވިދާޅުވެފައިވެ އެވެ.

ޑރ. އިޔާޒް އިތުރަށް ވިދާޅުވެފައިވަނީ ސޮއި ކުރައްވަން ބޭނުންވާ އެހެން ނަމަވެސް އަނިޔާވެރިންގެ ވަކި ތަކަށް ބިރަށް ސޮއި ނުކުރައްވާ ބޭފުޅުން ގެ އަދަދު 40 އަށް ވުރެ ގިނަ ކަން ވެސް މަނިކްފާނަށް ދަންނަވާކަމަށެވެ.

"އަދި ދަންނަވަމެވެ. ދެ އަންބަތް ކައިވެނި ކުރުމާއި ހައިލު ނިފާސްގެ ވާހަކަ އަކީވެސް މީހުންނަށް ދަސްކޮށްދޭންޖެހޭ ކަންތަކެވެ. މީހުންނަށް ދަސްކޮށްދޭން ޖެހޭ ކޮންމެ ކަމެއްގައި ފަސް ޖެހުމެއް ނެތި ﷲގެ ރަހުމަތާއި އެކު ކުރިއަށް ދާނަމެވެ" ޑރ. އިޔާޒް ވިދާޅުވެފައި ވެ އެވެ.

ޑރ. އިޔާޒް މި މޭރުމުން ފޭސްބުކް ޕޭޖްގައި ލިޔުއްވާފައި މިވަނީ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

އަވަސް އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވެފައިވަނީ އިމްރާން ދޫކޮށްލުމަށް ގޮވާލައި ނެރުނު ބަޔާނުގައި މިސްކިތްތަކުގެ އިމާމުންނާއި ބައެއް ދީނީ އިލްމުވެރިން ވެސް ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރޭގައި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ބައެއް ދަރިވަރުން ވެސް ހިމަނާފައިވާ ކަމަށެވެ. އެކަންކަން ބަލަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް