ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު މީގެ ދެ ރޭ ކުރިން ހައްޔަރު ކޮށްފައިވާއިރު އޭނާ ހައްޔަރު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ކަމުގައި ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން ބުނެފި އެވެ.
ދުނިޔޭގެ 142 ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހިމެނޭ، ޕީޖީއޭ އިން މިހެން ބުނެފައިވާއިރު މަހްލޫފްގެ ގާނޫނީ ވަކީލަށް މަހްލޫފް އާއި ބައްދަލު ކުރުމުގެ ފުރުސަތު އަދި ދީފައެއް ނުވެ އެވެ.
https://twitter.com/PGAction/status/967155936405151744
މަހްލޫފްގެ ގާނޫނީ ވަކީލު ގ. ކެނެރީގެ އަހުމަދު ނާޒިމް އަބްދުއްސައްތާރު މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަހްލޫފް އާއި މިއަދު ބައްދަލު ކުރަން އަތޮޅުވެއްސަށް ދިއުމުން އެކަން ކާމިޔާބުވެފައި ނުވާކަމަށެވެ. އަދި މާދަމައަށް ސްލިޕް ލިބިފައިވާކަމަށެވެ.
މަހްލޫފް ހައްޔަރު ކޮށްފައިވާއިރު ފުލުހުން މިކަމާއި ބެހޭގޮތުން އެއްވެސް މައުލުމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް