ހޯމް މިނިސްޓްރީގެ ތަރުޖަމާނު ހައްޔަރު ކޮށްފި

ހޯމް މިނިސްޓްރީގެ ތަރުޖަމާނނު ތަޒްމީލް އަބްދުއްސަމަދު ހައްޔަރު ކޮށްފި އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ތަޒްމީލް ހައްޔަރު ކޮށްފައިވަނީ މިރޭ 11 ގެ ފަހުންނެވެ. ތަޒްމީލް ހައްޔަރު ކޮށްފައިވާކަނ...

23 Feb 2018 | 20:16

ހޯމް މިނިސްޓްރީގެ ތަރުޖަމާނނު ތަޒްމީލް އަބްދުއްސަމަދު ހައްޔަރު ކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ތަޒްމީލް ހައްޔަރު ކޮށްފައިވަނީ މިރޭ 11 ގެ ފަހުންނެވެ.

ތަޒްމީލް ހައްޔަރު ކޮށްފައިވާކަން ކަށަވަރު ކުރެވުނު ނަމަވެސް އޭނާ ހައްޔަރު ކޮށްފައިވާ ސަބަބު ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.

ތަޒްމީލް ހައްޔަރު ކޮށްފައިވާއިރު ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތާއި އިތުރު ތުހުމަތު ތަކުގައި އެސްއޯއީގެ ދަށުން ގިނަ ބަޔަކު އަންނަނީ ހައްޔަރު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް