ޒަމީރުގެ ބޮޑީގާޑާއި އެސްޕީޖީ އިތުރު އޮފިޝަރަކު ހައްޔަރު ކޮށްފި !

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ބޮޑީ ގާޑާއި އެސްޕީޖީގެ އިތުރު އޮފިސަރަކު ހައްޔަރު ކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ. މޫސާ ޒަމީރުގެ ބޮޑީގާޑާއި އިތުރު އޮފިސަރަކު ހައްޔަރު ކޮށްފައިވާކަމުގެ މަ...

23 Feb 2018 | 19:00

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ބޮޑީ ގާޑާއި އެސްޕީޖީގެ އިތުރު އޮފިސަރަކު ހައްޔަރު ކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.

މޫސާ ޒަމީރުގެ ބޮޑީގާޑާއި އިތުރު އޮފިސަރަކު ހައްޔަރު ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރު ކޮށެއް ނުދެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާތީ ފުލުހުންގެ މީޑިއާ އޮފިސަރުން މީޑިއާތަކަށް މިކަންކަމާއި ގުޅޭ މައުލޫމާތެއް ނުދެއްވަ އެވެ.

އެސްޕީޖީ ދެ އޮފިސަރަކު ހައްޔަރު ކޮށްފައިވާކަމުގެ އަޑުތައް ފެތުރިފައިވާއިރު ފުލުހުންގެ ދެ އޮފިސަރަކު ރޭގައި ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފައި ވެ އެވެ. ފުލުހުންގެ އެސްއޯ ކުރީގެ ކޮމާންޑަރު ސައިފް ރޭގައި ހައްޔަރު ކޮށްފައިވާއިރު ހައްޔަރު ކޮށްފައިވާކަމަށް ބުނާ ދެ ފުލުހުންގެ ތެރޭގައި އޭނާ ހިމެނޭކަމެއް ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް