އެމްއައިބީން ކޯޓަށް ދިޔުުމުން ނިހާން ހަތަރު މިލިއަން ރުފިޔާގެ ދަރަނި ދައްކައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ން ނަގާފައިވާ ފައިނޭންސިން ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި އ...

24 Jan 2023 | 17:30

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ން ނަގާފައިވާ ފައިނޭންސިން ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި އޭނާގެ ބޭބެ އިނާން ހުސެއިން މަނިކަށް ދައުވާ ކުރުމުން އެ ދަރަނި ދައްކާ ހަލާސްކޮށްފި އެވެ.

މި މައްސަލައިގައި ސިވިލް ކޯޓުގައި އެމްއައިބީން ދައުވާ ކުރީ އެ ދެ މީހުންނަށް ދޫކުރި 4 މިލިއަން ރުފިޔާގެ "ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން" ފެސިލިޓީގެ ފައިސާ ނުދައްކައި ގެންނެވެ.

އެގޮތުން އެމްއައިބީން ކޯޓުގައި އެދުނީ ފެސިލިޓީގެ ފައިސާ އާއި "މަންތުލީ ރެންޓަލް" އަދި ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާ އެކީ އެއްފަހަރާ ނަގައިދިނުމަށެވެ.

ނަމަވެސް އެ ފައިސާ އެއްފަހަރާ ނުދެއްކޭ ނަމަ، ފެސިލިޓީގެ ދަށުން ރަހުނު ކޮށްފައިވާ ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމަންޓް ވިއްކާލުމުގެ ހުއްދަ ދިނުމަށް އެމްއައިބީން ވަނީ ސިވިލް ކޯޓުގައި އެދިފައެވެ.

އެމްއައިބީން މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށް،

ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާ ދައްކާ ހަލާސްކުރުމުން އެމްއައިބީން ވަނީ މި މައްސަލަ އަނބުރާ ގެންދަން ކޯޓަށް ސިޓީ ހުށަހަޅާފަ އެވެ.

އެހެން ކަމުން ކޯޓުން ވަނީ، އެ ދެ މީހުންގެ ރުހުން ހޯދުމަށް ފަހު، އެ މައްސަލަ ކުރިޔަށް ގެންދާނެ ތަނެއް ނެތް ކަމަށް ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް