ސަލާމަތީ މަޖިލީހަށް އިންޑިއާ ގެންނަން އިނގިރޭސި ވިލާތުން ތާއީދު

އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރު ކަމުގެ އިތުރު ދައުރަކަށް އިންޑިއާ ގެންނަން އިނގިރޭސިވިލާތުން ތާއީދުކުރާކަން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރ އެލެގްޒެންޑާ އެލ...

24 Jan 2023 | 16:43

އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރު ކަމުގެ އިތުރު ދައުރަކަށް އިންޑިއާ ގެންނަން އިނގިރޭސިވިލާތުން ތާއީދުކުރާކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރ އެލެގްޒެންޑާ އެލިސް އެވެ.

އޭނާ ބުނެފައިވަނީ ދޭދޭ ގައުމުތަކުގެ މެދުގައި ހެޔޮ ބަދަލު ގެނައުމުގައި އިންޑިއާއިން އަދާކުރާ ރޯލަށް މިކަމުން އިތުރު ހިތްވަރެއް ލިބިގެންދާނެކަމުގައި އިނގިރޭސިވިލާތުން ގަބޫލުކުރާ ކަމަށެވެ.

އދ ގެ ސަލާމަތީ މަޖިލީހަކީ އދ ގެ އެންމެ ބާރުގަދަ ގުނަވަނެވެ. އެ މަޖިލީހުގެ 2028، 2029 ދައުރަށް ކުރިމަތިލާނެކަން އިންޑިއާއިން މިދިޔަ މަހުގައި ހާމަކޮށްފައިވާއިރު ރާއްޖެއިންވެސް އިންޑިއާއަށް ތާއީދުކުރާނެކަން ވަނީ ހާމަކޮށްފައެވެ.

އދ ގެ ސަލާމަތީ މަޖިލީހަކީ ގައުމުތަކާއި ދެކޮޅަށް އަސްކަރީ އަދި އިގްތިސާދީ ފިޔަވަޅުތައް އެޅުމުގެ ބާރު އޮންނަ މަޖިލީހެވެ. މި މަޖިލީހަކީ މެންބަރު ގައުމުތަކުގެ މެދުގައި ވާދަވެރިކަން ބޮޑު މަޖިލީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް