ޝައި އެންޑް ޔޫއްޕެ ޕްރޮޑަކްޝަންގެ އާ ޑްރާމާ ސިލްސިލާ އަކީ "ހައްޔަރު"

ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަންއިން އުފައްދާފައިވާ އާ ޑްރާމާ ސިލްސިލާއެއް ދައްކަން ފަށަން ތައްޔާރު ވެއްޖެ އެވެ. މި ސިލްސިލާގެ ނަމަކީ "ހައްޔަރު" އެވެ. މި ސިލްސިލާ ދެއްކުމަށް ހަމަޖެހިފައިވަނީ...

24 Jan 2023 | 16:13

ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަންއިން އުފައްދާފައިވާ އާ ޑްރާމާ ސިލްސިލާއެއް ދައްކަން ފަށަން ތައްޔާރު ވެއްޖެ އެވެ.

މި ސިލްސިލާގެ ނަމަކީ "ހައްޔަރު" އެވެ. މި ސިލްސިލާ ދެއްކުމަށް ހަމަޖެހިފައިވަނީ މީޑިއާ ނެޓުންނެވެ.

"ދުވަސް" އަށް މައުލޫމާތު ދެމުން ޝައި އެންޑް ޔޫއްޕެ ޕްރޮޑަކްޝަންއިން ބުނީ މި ސިލްސިލާއަކީ 15 އެޕިސޯޑުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސަސްޕެންސް ތްރިލާއެއް ކަމަށެވެ.

މި ޑްރާމާ ސިލްސިލާގެ ޓްރެއިލާ މިހާރު ވަނީ ރިލީޒް ކޮށްފައި އެވެ. އެކަމަކު އަދި "ހައްޔަރު" ދައްކަން ފަށާނެ ތާރީހެއް ހާމައެއް ނުކުރެ އެވެ.

މި ސިލްސިލާގައި ފެނިގެންދާ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި އަހުމަދު ނިމާލް ހިމެނެ އެވެ.

ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަންއިން މީގެ ކުރިން ވަނީ މަގުބޫލު ޑްރާމާ ސިލްސިލާތަކަކާއި ފިލްމުތަކެއް އުފައްދާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް