މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމެއްގެ ގޮތުން ފަސް ކުކުޅުބިސް ޓްރޭ ދީފި

އެފްރިކާ ގައުމެއް ކަމުގައިވާ ޒެމްބިއާ ޕްރިމިއާ ލީގުގެ ކުލަބް ޕަވަރ ޑައިނަމޯސް އާއި އެންކަނާ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ފޯވާޑް ކެނެޑީ މުސޮންޑާ އަށް އިނާމެއްގެ ގޮތުން ފަސް ކުކުޅުބި...

24 Jan 2023 | 15:58

އެފްރިކާ ގައުމެއް ކަމުގައިވާ ޒެމްބިއާ ޕްރިމިއާ ލީގުގެ ކުލަބް ޕަވަރ ޑައިނަމޯސް އާއި އެންކަނާ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ފޯވާޑް ކެނެޑީ މުސޮންޑާ އަށް އިނާމެއްގެ ގޮތުން ފަސް ކުކުޅުބިސް ޓްރޭ ދީފިއެވެ.

ކެނެޑީ އަށް ދިން މި ފަސް ކުކުޅު ބިސް ޓްރޭގެ ތެރެއިން ދެ ޓްރޭއަކީ އޭނާ އެ މެޗުގައި ޖެހި ލަނޑަށް ދިން ދެ ޓްރޭއެވެ. އަދި އަނެއް ތިން ބިސް ޓްރޭ އަކީ އެ މެޗުގައި ކެނެޑީ ދެއްކި މޮޅު ކުޅުމަށް ދީފައިވާ ޓްރޭއެވެ.

މި އިނާމަށް ފަހު ވާހަކަ ދައްކަމުން ކެނެޑީ ބުނީ މިއީ ވަރަށް ޚާއްސަ އިނާމެއް ކަމަށާއި މި އިނާމު ލިބުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި މި އިނާމު ހަދިޔާކުރި ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް ވެސް އަދާކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

" ފަސް ބިސް ޓްރޭ ލިބުނަސް މިއީ އަހަރެންނަށް ވަރަށް ޚާއްޞަ އިނާމެއް. މި އިނާމު ލިބުމުން އުފާކުރަން އަދި މި އިނާމް ހަދީޔާކުރެއްވި ފަރާތައް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." އިނާމު ލިބިގަތުމަށް ފަހު ކެނެޑީ ބުނެފައިވެއެވެ.

ޒެމްބިއާ ޕްރިމިއާ ލީގުގެ ކުލަބް ޕަވަރ ޑައިނަމޯސް އާއި އެންކަނާ ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން ޕަވަރ ޑައިނަމޯސް މޮޅުވިއިރު، މި މެޗުން އެޓީމު މޮޅުވި ހަމަ އެކަނި ލަނޑު ޖަހައިދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކެނެޑީ މުސޮންޑާއެވެ.

މި ފަދަ އާދަޔާއިޚިލާފު އިނާމުތައް ދިނުމަކީ އެފްރިކާގެ ގައުމުތަކުގައި ވަރަށް އާންމުކޮށް ކުރާ ކަމެއް ކަމަށްވެއެވެ. މީގެ ކުރިން ވެސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވޭ ކުޅުންތެރިންނަށް ދިރޭ ގެރިޔާއި ދިރޭ ކުކުޅުގެ އިތުރުން ބުޅާފަދަ ތަކެތިވެސް ދީފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް