ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް މެރުމަށް ގޮވި މައްސަލަ ޕޮލިހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ޕޮލިހަށް ހުށަހަޅާފައިވަނީ އަދާލަތު ޕާޓީގެ ފަރާތުންނެވެ. އެ ޕާޓީގެ ފަރާތުން މި މައްސަލަ ހުށަހެޅީ އެ ޕާޓީގެ އިސް ފަނޑިޔރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނައިބުރައީސްކަންކުރައްވާ ޑރ. އިޔާޒް މެރުމަށް މީސްމީޑިއާގައި ގޮވާލައި އިންޒާރުދީފައިވާތީ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
ފޭސްބުކްގައި ހަސަން ރިޔާޒު ނަމަކަށްކިޔާ މީހަކު މިއަދު ބުނެފައިވަނީ ދިވެހިރާއްޖޭގައި އުޅޭ މުސްލިމުންގެ ހައްގުގައި ޑރ. އިޔާޒް ދަންޖެއްސާ މެރުމަކީ ވާޖިބެއް ކަމަށެވެ. އަދި އެއީ އޭނާގެ ފަތުވާކަމުގައިވެސް ބުނެފައިވެއެވެ.
ހަސަން ރިޔާޒު ނަމަކަށްކިޔާ އެމީހާ ފޭސްބުކްގައި އެހެން ބުނެފައިވަނީ ދި ޑެއިލީ ނޫހުގައި ޝާއިޢުކޮށްފައިވާ ހަބަރެއްގެ ސްކްރީންޝޮޓަކާއިއެކުގައެވެ. އެ ހަބަރުގެ ސުރުހީގައި ބުނެފައިވަނީ ރައީސް ސޯލިހްގެ ވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތްތައް ފެއިލްކޮށްލުމަކީ ވާޖިބެއްކަމުގައި ޑރ. އިޔާޒް ވިދާޅުވިކަމަށެވެ.
އެހެންމަވެސް ޑރ. އިޔާޒް އެމޭރުމުން އެހެން ސީދާ ވިދާޅުވެފައެއް ނުވެއެވެ.
ޑރ. އިޔާޒް އެ މައުލޫގައި ވިދާޅުވެފައިވަނީ ރައްޔިތުން ރައީސް ސޯލިހްގެ ވެރިކަމަށް އިންތިހާބުކުރީ ފަސް އަހަރުގެ ދައުރަކަށް ކަމަށާއި އެހެންކަމުން ދައުރު ހަމަވިޔަ ނުދޭން ބަޔަކުމީހުން ކުރާ މަސައްކަތްތައް ފެއިލްކުރުމަކީ އަދި އެކަމަށް މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް