ދަނގެތި ބަނދަރު ބޮޑުކޮށް، މޫދަށް އެރޭނެ ސަރަހައްދެއް ޤާއިމުކޮށްދޭނަން: ރައީސް ޞާލިހް

އދ. ދަނގެތީގައި ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބަނދަރުގެ ދަތިކަން ކަމުގައި ވިދާޅުވެ، ދަނގެތި ބަނދަރު ބޮޑުކޮށް، މޫދަށް އެރޭނޭ ސަރަހައްދެއް ޤާއިމު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީ...

24 Jan 2023 | 15:42

އދ. ދަނގެތީގައި ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބަނދަރުގެ ދަތިކަން ކަމުގައި ވިދާޅުވެ، ދަނގެތި ބަނދަރު ބޮޑުކޮށް، މޫދަށް އެރޭނޭ ސަރަހައްދެއް ޤާއިމު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އދ. ދަނގެއްޗަށް ވަޑައިގެން ބޭއްވެވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން މިއަހަރު ތެރޭގައި ދަނގެތީ ބަނދަރު ބޮޑުކުރާއިރު ރައްޔިތުން ބޭނުންވާ ގޮތަށް އިންޑަސްޓްރިއަލް ޒޯނުން އެތަނަށް ބޭނުންވާ ބިން ބޮޑުކުރުމަށްފަހު އިންޑަސްޓްރިއަލް ޒޯން އެތަނަށް ބަދަލުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

އެހެންކަމުން މިހާރު އިންޑަސްޓްރިއަލް ޒޯން ހިންގާ ބިމުން ގޯތި ދޫކުރެވޭނެ ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

އަދި ދަނގެތި ތަރައްޤީގެ ޕްލޭންގައި ބިން ހިއްކުން އެބައޮތްކަން ފާހަގަ ކުރައްވަމުން، ދަނގެތީ ގައި މޫދަށް އެރޭނެ ސަރަހައްދެއް ގާއިމް ކޮށްދެއްވާނެ ކަމަށްވެސް ރައީސް ޞާލިހު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުންރައީސް ޞާލިހް ވިދާޅުވީ ވިދާޅުވީ ދަނގެތި ދާއިރާގައި ހިމެނޭ ރަށްތަކަށް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މި ސަރުކާރުން ހިންގަވާފައިވާ ކަމަށާއި އަދި ހިންގަވަމުން ގެންދަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް