އަހަރެމެންނަސް އަބަދުވެސް އަޑު އިވޭ ވާހަކައަކީ ވަޒީފާތަކަށް ޒުވާނުން ހޯދަން ބޭނުންވެގެން އުޅޭ ވާހަކައެވެ. ކޮންމެ ތަނަކުން ވަޒީފާއަކަށް އިއުލާން ކުރިނަމަވެސް ޝަރުތެއްގެ ގޮތުގައި ގިނަ ފަހަރު ކަނޑައަޅާފައިވާ އުމުރަކީ 20 އަހަރާއި 30 އަހަރާއި ދެމެދު އުމުރުފުރައިގެން މީހުންނެވެ. އުމުރުން 35 އަހަރުުން މަތީވެއްޖެ ނަމަ އެއީ މުސްކުޅި އެއް އަކަމަށް ބަލާ އެ އުމުރުގެ މީހުންނަށް ވަޒީފާއެއްް ހޯދުމަކީ ގިނަފަހަރު އުނދަގޫ ކަމަށް އޮންނަނީ ވެފައެވެ.
ކަން މިހެން އޮތް ނަމަވެސް ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ޒުވާން އުމުރު ފުރައިގެ މީހުންނަށް ވުރެ އުމުރުން ދުވަސްވީ މީހުން ވަޒީފާއަށް މާ ބޮޑަށް އިޚްލާޞްތެރިވެފައި މަސައްކަތައް ފަރުވާތެރިއެވެ.
ކޮލަމްބިއާގެ އޭޖިން ސެންޓަރުން ދާދި ފަހުން ހެދި ދިރާސާގައި ބުނެފައިވަނީ ޒުވާނުންނަށް ވުރެ އުމުރުން ދުވަސްވީ މީހުން މަސައްކަތުގެ އަޚްލާޤު މާ ބޮޑަށް ވެސް ރަނގަޅުކަމަށެވެ. އަދި ޒުވާން އުމުރު ފުރައިގެ ކުދިންނަށް ވުރެ އުމުރުން ދުވަަސްވީ މީހުން މަސައްކަތުގައި ގިނަ ވަގުތު ވަރުބަލި ކަމެއްނެތި ހޭދަކުރާ ކަމަށެވެ. އަދި އެފަދަ މީހުންގެ ފަރާތުން ލިބޭ ކުރިއެރުމާއި ފައިދާތައް އިތުރުކަމަށެވެ.
ދެ ޖިންސަށް ނިސްބަތްވާ ގޮތަށް 400 ޒުވާނުންނާއި، 400 އުމުރުން ދުވަސްވީ މީހުން ބައިވެރިކޮށްގެން ހެދި މި ދިރާސާއިން އެނގުނު ގޮތުން ޒުވާން އުމުރުގެ މީހުންނަށް ވުރެ އުމުރުން ދުވަސްވީ މީހުން މަސައްކަތުގައި ހޭދަކުރާ ވަގުތު ގިނަވެފައި ފުރިހަމައެވެ. އަދި އޮފީހުން ޗުއްޓީ ނަގާ އަދަދާއި އޮފީހަށް ސަލާމް ބުނާ އަދަދުވެސް ޒުވާނުންނަށް ވުރެ އުމުރުން ދުވަސްވީ މީހުން މަދެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ވުރެ ޒުވާން އުމުރުގެ މީހުން މަސައްކަތުން ބޭރުގައި ހޭދަކުރާ ވަގުތު ގިނަވެފައި މަސައްކަތައް މަކަރު ހަދާލެއްވެސް އިތުރުކަމަށް މި ރިޕޯޓުގައިވެއެވެ.
މި ދިރާސާ ހެދުމުގައި އިސްކޮށް އުޅުއްވި ރޮބަޓް ބަޓްލާ ވިދާޅުވެފައިވަނީ މި ޒަމާނުގެ ޒުވާނުންނަކީ ތަޢުލީމީ ގޮތުން ޤާބިލް ބަޔަކަށް ވިޔަސް ތަޢުލީމެއް ނެތް އުމުރުން ދުވަސްވީ މީހުންގެ ބޭނުން ވަޒީތަކަށް ބޮޑުކަމަށެވެ. ޒުވާނުންނަށް ތަޢުލީމެއް ލިބިފައިވީ ނަމަވެސް އެމީހުންގެ އަޚްލާޤާއި ސުލޫކު ހުންނަގޮތުން އެފަދަ މީހުންގެ ފަރާތުން މާ ބޮޑު ފައިދާއެއް ނުކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް