ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް 10 ބޭފުޅަކު ކުރިމަތިލައިފިއެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ދެ ބޭފުޅަކު ހޯދުމަށް ފުރުޞަތު ހުޅުވާލުމުން ސުންގަޑި ހަމަވިއިރު އެ މަޤާމަށް 10 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ކުރިމަތިލެއްވި ބޭފުޅުން
- މުޙައްމަދު އިޙްސާން / ނޫރުވާދީ, ކ.ތުލުސްދޫ
- މުޙައްމަދު ސަމީރު / ހިތްވަރު, ރ.އިނގުރައިދޫ
- އަޙްމަދު ރިފްޝާން / ކަޝްމީރުގެ, ސ. ފޭދޫ
- އިބްރާހީމް އިޙްސާން / އެށެވެލި, ސ.މަރަދޫ
- އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ, ބ. ހިތާދޫ
- ރަފީއުއްދީން އަހްމަދު / ސްނޯޑްރޮޕް, ސ. ހިތަދޫ
- އަޙްމަދު އާދަމް / އެތުމާގެ, ގއ.ގެމަނަފުށި
- ޙުސައިން ސާލިމް / އާރު, ހއ.މާރަންދޫ
- .ސިޔާމާ މުޙައްމަދު / މާލެ ދަފްތަރު ރސ 13194
- އިބްރާހީމް ޛިހުނީ / ބިއްލޫރިޖެހިގެ, ގއ.ނިލަންދޫ
ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށާއި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ މީހަކަށް ވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން 2 އަހަރު ދުވަހު ތަޖުރިބާ ހުރުމަކީވެސް މި މަޤާމަށް ކުރިތިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީންނަށް އަސާސީ މުސާރައާއި އެހެނިހެން އިނާޔަތަކާއި އެކު މަހެއްގެ މައްޗަށް 48300 ރުފިޔާ ލިބެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި، ފޯނު އެލަވަންސްވެސް ހަމަޖެހިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް