މުޅި ރާއްޖެއަށް މޫސުން ގޯސް، ބޯކޮށް ވާރޭ ވެހި ގުގުރާނެ

މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. މެޓު އޮފީހުން ވަނީ މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިވަނީ ހަވީރު 6:00 އާ...

24 Jan 2023 | 09:13

މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓު އޮފީހުން ވަނީ މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިވަނީ ހަވީރު 6:00 އާއި ހަމައަށެވެ.

އެ އިދާރާއިން ލަފާ ކުރާގޮތުގައި މިވަގުތުތަކުގައި ބޯކޮށް ވާރޭވެހި ހުރިހާ ސަަހައްދަކަށް ގުގުރާނެ އެވެ. އެކަމަކު ކަނޑާއި ވައި މަޑުވާނެ އެވެ.

މެޓުން ލަފާ ކުރާގޮތުގައި މޫސުން ރަނގަޅުވާން ފަށާނީ އަންނަ ބުރާސްފަތީގެ ފަހުންނެވެ.

އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް