ޝައިޚް ޒައިދު އިސްލާހުވާން އަލީ ރަމީޒް ގޮވާލައިފި

ޝައިޚް އަލީ ޒައިދު އިސްލާހުވުމަށް އަލީ ރަމީޒް ގޮވާލައިފިއެވެ. ދީން ފެތުރުމުގައި ހަރަކާތްތެރިވަމުން އަންނަ އަލީ ރަމީޒް ޝައިޚް އަލީ ޒައިދަށް މިކަމަށް ގޮވާލީ ޝައިޚް ޒައިދު ޓެގްކޮށް މިއަދު ކުރި ޓްވީޓެއްގަ...

24 Jan 2023 | 09:09

ޝައިޚް އަލީ ޒައިދު އިސްލާހުވުމަށް އަލީ ރަމީޒް ގޮވާލައިފިއެވެ.

ދީން ފެތުރުމުގައި ހަރަކާތްތެރިވަމުން އަންނަ އަލީ ރަމީޒް ޝައިޚް އަލީ ޒައިދަށް މިކަމަށް ގޮވާލީ ޝައިޚް ޒައިދު ޓެގްކޮށް މިއަދު ކުރި ޓްވީޓެއްގައެވެ.

މުސްލިމުންގެ ތެރޭގައި ނަފްރަތާއި ރުޅިވެރިކަން އުފައްދުން ހުއްޓައިލަން އަލީ ރަމީޒް އެދިފައިވެއެވެ. އަދި މީހުން ލައްވާ އަވަގުރާނަ ގޮއްވަން ޖެއްސުމުގެ ރާގަށް ސެލްފީ ތަކާއި ޓްވީޓްތައް ކޮށް ނުހެދުމަށްވެސް އަލީ ރަމީޒް ބުނެފައިވެއެވެ.

އަލީ ރަމީޒް އިތުރަށް ބުނެފައިވަނީ އިލްމުވެރިންނަކީ އަބަދުވެސް މީސްތަކުންނަށް ނަސޭހަތްތެރިވާ ބައެއް ކަމަށެވެ.

https://twitter.com/aliramyz/status/1617768866553397249

އަލީ ރަމީޒް މިހެން ބުނެފައިވާއިރު ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ޝައިޚް އަލީ ޒައިދު އަންނަނީ ވަރަށް ގިނައިން ސިޔާސީ ޓްވީޓްތައް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް