އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ހާފް މޫން ބޭ ސިޓީ ކައިރީގައި ދިން ބަނޑީގެ ހަމަލާތަކެއްގައި ހަތް މީހުން މަރާލައިފި އެވެ.
މި ހާދިސާ ހިނގާފައި މިވަނީ އެ ސްޓޭޓްގެ ލޮސް އެންޖަލިސް ކައިރީގައި ބަޑި ޖަހައި 10 މީހުން މަރާލިތާ 48 ގަޑިއިރު ނުވަނީހެވެ. އެ ހާދިސާގައި އިތުރު 10 މީހުން ޒަހަމްވެފައިވެ އެވެ.
މިފަހަރުގެ ހަމަލާ ދީފައިވަނީ މަޝްރޫމް ހައްދާ ދަނޑަކާއި އެތަނާއި މާ ދުރުނޫން ހިސާބެއްގައި ހުންނަ ޓްރަކް ދުއްވާ ކުންފުންޏެއްގެ ތެރޭގައި އެވެ. މީގެ ތެރެއިން މަޝްރޫމް ދަނޑުގައި ބަޑިޖަހައި ހަތަރު މީހުން މަރާލި އިރު އަނެއް ތިން މީހުން މަރާލީ ޓްރަކް ދުއްވާ ކުންފުނީ ތެރޭގައި އެވެ.
ފުލުހުންނާއި ހަވާލީ ރިޕޯޓުތައް ބުނާގޮތުގައި ހަމަލާދިން މީހާ ވަނީ ހައްޔަރުކޮށްފައި އެވެ އެ މީހާ އަކީ އޭގެ ތެރެއިން ކޮންމެސް އެއް ތަނެއްގައި ވަޒީފާ އަދާ ކުރާ އުމުރުން 67 އަހަރުގެ ޗައިނާ ދަރިކޮޅު މީހެއް ކަމަށްވާ ޗުންލީ ޒާއޮ އެވެ.
ފުލުހުން ބުނި ގޮތުގައި މި ދެ ހާދިސާގެ ތުހުމަތުގައި ހޯދަމުން ދިޔަ މީހާ ފެނުނީ، އޭނާ ދުއްވާ އެއްގަމު އުޅަނދުގެ ތެރޭގައި އިންދަ އެވެ. އަދި އޭނާ ހައްޔަރުކުރަން އުޅުމުން އެއްވެސް ވަރަކަށް ގަދަ ދެއްކުމެއް ނެތި އަމާން ދިން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އޭނާ ހައްޔަރުކުރުމަށް ފަހު، އޭނާގެ އުޅަނދު ބަލައި ފާސްކުރި އިރު، އެ އުޅަނދުގެ ތެރެއިން ފިސްތޯލައަކާއި ވަޒަންތަކެއް ފެނުނު ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ މި ހަމަލާތައް ދޭން ޖެހުނު ސަބަބެއް ނޭނގެ އެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް