އުނގޫފާރުގައި މަރުވި މީހަކާއި ހަވާލުވާނެ މީހަކު ނުވެގެން މާލެ ގެނެސްފި

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މަރުވި ބިދޭސީ އަކާއި ހަވާލުވާނެ މީހަކު ނުވެގެން ހަށިގަނޑު މާލެ ގެނެސްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ މަރުވީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ...

24 Jan 2023 | 08:18

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މަރުވި ބިދޭސީ އަކާއި ހަވާލުވާނެ މީހަކު ނުވެގެން ހަށިގަނޑު މާލެ ގެނެސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ މަރުވީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ހެނދުނު 11:46 ހާއިރު ކަމަށެވެ.

އެމީހާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބަލިވެގެން ގެންދިޔައީ އެއަތޮޅު މީދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ސީރިއަސް ވެގެންނެވެ.

މީޑީއާ އޮފިޝަލް ވިދާޅުވީ މަރުވެފައިވަނީ 33 އަހަރު ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ. އޭނާއާ ހަވާލުވާނެ މީހަކު ނެތުމުން ފުލުހުންގެ ބެލުމުގެ ދަށުން އޭނާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަަމަށެވެ.

މިހާރު އެމީހާގެ ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގައި އެވެ. އޭނާއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި ބިދޭސީއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ދަނީ ބަންގްލަދޭޝް އެމްބަސީ އާއި ގުޅިގެން އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް