އިއްޒަތާއި ގަދަރު ހިފެހެއްޓުމުގެ ގޮތުން ޕާކިސްތާނުގައި ކޮންމެ އަހަރަކު 100 އަށްވުރެ ގިނަ އަންހެނުން މަރާލާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެ ފަދަ ހާދިސާތަކުގައި އަންހެނުން މަރަނީ އެމީހުންގެ ބައްޕަ، ބޭބެ، ނުވަތަ އާއިލާގެ ފިރިހެނުންތަކެއް ވެގެންނެވެ. އަންހެނުން އާއިލާގެ އިއްޒަތާއި ގަދަރު ނަގާލާ ކަމަށް ބުނަނީ އާއިލާ އައި ދެކޮޅަށް ބޭނުން މީހަކާއި ކައިވެނި ކުރުމެވެ.
ތަފާސް ހިސާބުތަކާއި ހަވާލާދީ ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ 100 އަކީ އަހަރަކު ރިޕޯޓު ކުރާ ސައްހަ އަދަދު ނޫން ކަމަށާއި މިފަދަ މަރުގެ ހާދިސާތައް ރިޕޯޓު ކުރަނީ ނުވަތަ ފަޅާ އަރަނީ މަދު ފަހަރަކު ކަމަށެވެ. އެ ކޮމިޝަނުން ބުނީ ޕާކިސްތާނު ފުލުހުންނަށް މިދިޔަ 10 އަހަރު ތެރޭގައި ހުށަހެޅިފައިވަނީ މިފަދަ 650 މައްސަލަ ކަމަށެވެ.
އޭގެ ތެރޭގައި ގިނައީ އަންހެނުން ފިލައިގެން މީހަކާއި އިނުމުން އެ މައްސަލައިގަ އޭނާއަށް ހަމަލާދޭން އުޅުމުން ފުލުހުންނަށް މައްސަލަ ހުށަހަޅަން ގޮސް ހުއްޓަ މަރާލާ މައްސަލަ އެވެ. ޕާކިސްތާނުގެ ކަރާޗީ ފުލުހުން ބުނީ މި ހަފްތާގައިވެސް އެ ފަދަ ހާދިސާއެއް ކޯޓު ސަރަހައްދުގައި ހިނގި ކަމަށެވެ.
އެ އަންހެން މީހާ ކައިވެނި ކުރީ އެހެން އަވަށެއްގެ ޑޮކްޓަރަކާއި އެވެ. އަދި އެކަން ފުލުހުން މެދުވެރިކޮށް ކޯޓަށް ހުށަހެޅުމަށް ގޮސް ހުއްޓަ އޭނާ ގަޔަށް ބަޑި ޖަހާ މަރާލީ އެ އަންހެން މީހާގެ ބައްޕަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގަ ބައްޕަ ހައްޔަރުކޮށްފައި ވީނަމަވެސް އެމީހާ ބުނީ އަންހެން ދަރިފުޅު މާރާލީ އާއިލާގެ ގަދަރާއި އިއްޒަތް ނަގާލުމުން ކަމަށްވާތީ އެކަމާއި ދެރަ ނުވާ ކަމަށެވެ.
މިފަދަ ހާދިސާތައް ފުލުހުންނަށް ނުހުއްޓޫވޭ މައްސަލައިގަ އެ ގައުމުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް