އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓަކަށް ވުމަށް ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ އައް ޑރ. މުހައްމަދު މުނައްވަރާއި، ފާތިމަތު ދިޔާނާ ސައީދު ދެކިވަޑައިގަންނަވާ ހުވަފެން ހަޤީގަތަކަށް ނުވުން ގާތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އައްޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ދެބޭފުޅުން ކަމަށްވާ ދިޔާނާ އަދި މުނައްވަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓް ރައީސް ނަޝީދުގެ ކެމްޕޭނުގައި ބައިވެރިވެފައިވާ ދަނޑިވަޅެއްގައި ނަޝީދުގެ ރަނިންމޭޓަކަށް އެ މަނިކުފާނު އިހްތިޔާރު ކުރައްވާނީ އައްޑޫ ބޭފުޅެއް ކަމުގައި ވިދާޅުވެފައި ވަނިކޮށެވެ.
މިކަމަށް އިޝާރަތް ކުރައްވާ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަޝީދުގެ ރަނިންމޭޓުކަމަށް ދިޔާނާ އަދި މުނައްވަރު ދެކެވަޑައި ގަންނަވާ ހުވަފެން ހަޤީގަތަކަށް ވުމަށް ވުރެ ނުވުން ގާތްކަމަށެވެ.
އަދި ނަޝީދު މީގެ ކުރިންވެސް ބޭފުޅުންނަށް ދޯކާ ދެއްވިކަމަށް ޝަރީފްގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން، ދެންވެސް އެހެންވުން ގާތް ކަމަށް ޝަރީފް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް