އާޖެންޓީނާ އާއި ބްރެޒިލްގައި ބޭނުންކުރަން އާއްމު ފައިސާއެއް އުފައްދަން މަޝްވަރާ ކޮށްފި

ދުނިޔޭގެ އިގްތިސާދުގެ ބޮޑު ދެ ބާރު ކަމުގައިވާ އާޖެންޓީނާ އާއި ބްރެޒިލްއިން ބޭނުންކުރެވޭގޮތަށް އާއްމު ފައިސާއެއް ކަނޑައެޅުމުގެ މަޝްވަރާތަކެއް ދެޤައުމުން ފަށައިފިއެވެ. މި ޙިޔާލު އެ ދެ ޤައުމުގެ ދެމެދު ބަ...

24 Jan 2023 | 06:06

ދުނިޔޭގެ އިގްތިސާދުގެ ބޮޑު ދެ ބާރު ކަމުގައިވާ އާޖެންޓީނާ އާއި ބްރެޒިލްއިން ބޭނުންކުރެވޭގޮތަށް އާއްމު ފައިސާއެއް ކަނޑައެޅުމުގެ މަޝްވަރާތަކެއް ދެޤައުމުން ފަށައިފިއެވެ.

މި ޙިޔާލު އެ ދެ ޤައުމުގެ ދެމެދު ބަދަލު ކުރެވިފައިވަނީ ބްރެޒިލްގެ ރައީސް ލުއިޒް އިނާށިއޯ އާޖެންޓީނާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެމަނިކުފާނާއި އާޖެންޓީނާގެ ރައީސް އަލްބާރޓޯ ފެރްނަންދެޒް ވިދާޅުވެފައިވަނީ ދެކުނު އެމެރިކާގައި ވިޔަފާރީގެ ކަންކަން ކުރިޔަށްގެންދިއުމަށް ދެޤައުމަށް ބޭނުންކުރެވޭ އާއްމު ފައިސާއެއް ކަނޑައެޅުމުގެ ޙިޔާލު ހަގީގަތަކަށް ހެދުމަށް އެދެބޭފުޅުން އިތުރު މަޝްވަރާތަކެއް ކުރިޔަށްގެންދެވޭނެކަމުގައެވެ.

މިކަން ކަނޑައެޅިއްޖެނަމަ އެ ދެ ޤައުމަށްވެސް ޑޮލަރަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަކުރެވިގެންދާނެކަމުގައި ބްރެޒިލްގެ ރައީސް ވިދާޅުވެފައިވާކަމުގައި އެޤައުމުގެ ޙަބަރުތަކުގައުވެއެވެ.

އެހްންނަމަވެސް މި ހިޔާލާއި އިދިކޮޅަށް ބްރެސިލްގެ ފިނޭންސް މިނިސްޓަރު ހައްދާދު ވިދާޅުވެފައިވަނީ ވިޔަފާރި ކުރުމުގައި ބޮޑު ހުރަހަކަށް ޔޫއެސް ޑޮލަރު ވެފައިވާތީ އެ ދެބޭފުޅުންވެސް އެމައްސަލައަށް ހައްލު ހޯދޭނެ ގޮތްތަކެއް ހޯދުމަށް ކުރާ މަސައްކަރުގެ ތެރެއިން ހިޔާކެއްކަމުގައެވެ.

އަދި މި ކަމަކީ އާއްމު ފައިސާއެއް ކަނޑައެޅުމުން ބްރެޒިލް ގެ ފައިސާ ކަމުގައިވާ ބްރެޒިލިއަން ރީލް ބޭނުންކުރުން އެއްގޮތަކަށްވެސް ހުއްޓުމަށް އިޝާރަތް ވެވޭ ކަމެއްނޫންކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް