ސަފާރީއެއް ތ. މަޑިފުށީ ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ފަސް މީހުނާ އެކު ތ. ދިޔަމިގިއްޔަށް ދަތުރުކުރި "ރެޑްމޫން" ނަމަކަށްކިޔާ ސަފާރީއެއް މަޑިފުށީގެ ހުޅަނގު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފާވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ކޮށްފައިވަނީ ރޭ 7:40 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު ސިފައިން އެ ސަރަހައްދަށް ގޮސް، ދަނީ ހަރަކާތްތެރިވަމުން ކަމަށާއި އެމްއެންޑީއެފް ޑައިވަރުން ޑައިވްކޮށް ސަފާރީއަށް ލިބިފައިހުރި ގެއްލުންތައް ދަނީ ބަލަމުން ކަމަށް މައުލޫމާތުދެ އެވެ.
އަދި ސަފާރީ ފަރަށް އަރައި، ބީހުމުގެ ސަބަބުން އުޅަނދުގެ ބަނޑުފިލައިގެ ދެ ތަނަކުން ގަލެއްގައި ޖެހި ފަޅައިގެން ގޮސްފައިވާތީ ދަނީ ދިޔަވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މި ސަފާރީއަކީ ތ.ދިޔަމިނގިލި ޔާޑަށް ނެގުމަށް އެ ރަށަށް ދަތުރުކުރަމުންދިޔަ އުޅަނދެއްކަމުން މި ވަގުތު އެއްވެސް ފަތުރުވެރިއެއް އެ ސަފާރީގައި ނެތްކަމަށާއި ސަފާރީގެ ހުރިހާ ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް