ދައްކާ ވާހަކައަށް ވުރެ ބޮޑަށް ބަލައިގަންނާނީ ފެންނަން ހުންނަ ހަޤީގަތް: އިމްރާން

ދައްކާ ވާހަކައަށް ވުރެ ބޮޑަށް ބަލައިގަންނާނީ ފެންނަން ހުންނަ ހަޤީގަތް  ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ  ވިދާޅުވެއްޖެއެވެ. ބެލެވޭ ގޮތުގައި މިނިސްޓަރ އިމްރާންގެ ޓްވީޓް...

24 Jan 2023 | 04:35

ދައްކާ ވާހަކައަށް ވުރެ ބޮޑަށް ބަލައިގަންނާނީ ފެންނަން ހުންނަ ހަޤީގަތް  ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ  ވިދާޅުވެއްޖެއެވެ.

ބެލެވޭ ގޮތުގައި މިނިސްޓަރ އިމްރާންގެ ޓްވީޓްގައި އިޝާރަތް ކުރައްވާފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ވާދަކުރައްވާ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެ، ވާދަކުރައްވާ ދެ ކެނޑިޑޭޓުންނަށް ތާއީދު ކުރާ ފަރާތްތަކުގެ މެދުގައި ބަހުގެ ހަމަލާތައް އަމާޒު ވަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވާ އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައްޔިތުންނަށް ފައިދާ ގޮތަށް ކުރެވޭ ކަންކަމަކީ އަމަލީ ގޮތުން އެކަންކަން ފެންނަ ހުންނަ ކަންކަން ކަމަށެވެ.

އަދި ރައްޔިތުން ގަބޫލުކުރާގެ ހަގީގަތަކީ އަދި ފެންނަން ހުންނަ ކަންކަމަކީ ރައްޔިތުން ބަލައި ގަންނަ ކަންކަން ކަމަށްވެސް އިމްރާންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ހަމަޖެހިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.

އަދި މި އިންތިޚާބުގެ ވޯޓުލުން ހަމަޖެހިފައި ވަނީ  މި މަހުގެ 28 ވާ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް