ހަޔާ އެޑިއުކޭޝަނުން މެނޭޖުކުރާ ލޯނުތަކުގެ ތެރެއިން 105 މިލިއަން ރުފިޔާ ނުލިބި އެބަ ހުރި: އޮޑިޓް

ދައުލަތުން ހިލޭ އެހީގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިފައިވާ އިރު އެފުރުސަތު ދެމުން އަންނަ ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައިނުވާ ކަމުގައި އޮޑިޓް އޮފީހުން ބުނެފިއެވެ. އެގ...

23 Jan 2023 | 19:00

ދައުލަތުން ހިލޭ އެހީގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިފައިވާ އިރު އެފުރުސަތު ދެމުން އަންނަ ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައިނުވާ ކަމުގައި އޮޑިޓް އޮފީހުން ބުނެފިއެވެ.

އެގޮތުން އޮޑިޓް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުން ލޯނުތަކުގެ ތެރެއިން ހަޔާ އެޑިއުކޭޝަނުން މެނޭޖުކުރާ ލޯނުގެ ތެރެއިން 105 މިލިއަން ރުފިޔާ ދައުލަތައްލިބިފައިނުވާކަމުގައިވެއެވެ. ހިލޭ ޑިގްރީއަށް ކިޔަވާ ކުދިންނަށް ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފްސީލުތައް ބަލަހައްޓާފައި ނެތުމުގެ ސަބަބުން މިހާތަނަށް ވަކިވަކި ފަރާތްތަކަށް ދޫކުރި އަދަދުތަކާއި ދޫކުރަން ޖެހޭ އަދަދުތައް ކަށަވަރު ނުކުރެވޭ ކަމަށް އޮޑިޓް އޮފީހުން ހާމަކޮށްފައިވެއެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހިންގާ އެކި ލޯނު ސްކީމުތަކަށް ބޭނުންވާ ފައިސާގެ ތެރެއިން 44 މިލިއަން ރުފިޔާ، ޕަބްލިކް ބޭންކް އެކައުންޓްތައް ނޫން އެހެން އެކައުންޓްތަކުގައިވާ ކަމުގައި އޮޑިޓް ރިޕޯޓުގައިވެއެވެ. އޭގެ ތެރެއިން 34 މިލިއަން ރުފިޔާ އަކީ އާންމުކޮށް ލޯނު ދޫކުރުން ހުއްޓާލާފައި ހުރި ހަތަރު އެކައުންޓުގައި ހުރި ފައިސާ އެވެ. އެ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހޭ ކަމުގައި އޮޑިޓް އޮފީހުން ލަފާދީފައިވެ އެވެ.

އޮޑިޓް އޮފީހުގެ ހިސާބުތަކުން ދައްކާ ގޮތުން ހިލޭ ޑިގްރީއަށް ކިޔަވާ ކުދިންނަށް މިހާތަނަށް ދައުލަތުން 141 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އެގޮތުން "ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު" ގައިވާ ގޮތުގެ މަތިން ފަންޑު ދިނުން ހުއްޓާލަން ޖެހިފައިވާ ކުދިންނަކީ ކޮބައިކަމާއި އެފަދަ ދަރިވަރުންނާ މެދު ފިޔަވަޅު އަޅައި، ދިން ފައިސާ އަނބުރާ ހޯދަންޖެހޭ ކަން ނުވަތަ ނޫންތޯ ވެސް އެކަމާ ގުޅޭ މައުލޫމާތު ނުލިބުމުގެ ސަބަބުން ބެލިފައި ނެތް ކަމަށް އޮޑިޓްގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް