ރޭޕު ކުރީ 14 އަހަރުގެ ކުއްޖެއް – ހަތަރު މީހަކު ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގައި ގްރޫޕަކުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގާ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ މައްސަލައިގާ މިއަދު 21 އަހަ...

24 Jan 2020 | 14:54

އުތުރުގެ ރަށެއްގައި ގްރޫޕަކުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގާ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ މައްސަލައިގާ މިއަދު 21 އަހަރުގެ ދިވެހި ފިރިހެނަކާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނަކާއި 18 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ.

މީގެ ކުރިން މި މައްސަލަ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ އެ ކުއްޖާގެ އުމުރަކީ 17 އަހަރު ކަމަށެވެ. ނަމަވެސް އެއީ ފުލުހުންނަށް ދެވިފައިވާ ނުބައި މައުލޫމާތެއް ކަމަށާއި އެ ކުއްޖާގެ އުމުރަކީ 14 ކަމަށް ފުލުހުން މިރޭ ބުނެފައިވެއެވެ.

ފުލުހުން ރޭގައި ބުނެފައިވާގޮތުގައި އުތުރު ސެންޓްރަލް ޕޮލިސް ޑިވިޒަންގެ ރަށެއްގައި ތިން ފިރިހެނުންގެ ގްރޫޕަކުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވެއެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް