ބަންޑުން ޖަހާލާފައިވާ ބޯޓެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ބަނޑުން ޖަހާލާފައިވާ ބޯޓެއް އޮޔާދާތީ ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ. އެގޮތުން އެމްއެންޑީއެފުން ...

24 Jan 2020 | 14:23

ބަނޑުން ޖަހާލާފައިވާ ބޯޓެއް އޮޔާދާތީ ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.

އެގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ މ.ކޮޅުފުށީ އިރުދެކުނު ފަރާތުން ބަނޑުން ޖަހާލާފައިވާ ބޯޓެއް އޮޔާދާތީވެ، މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ބަންޑުން ޖަހާލާފައިވާ ބޯޓު އޮޔާދާނީ ތ.އަތޮޅާއި ދ.އަތޮޅާ ދޭތެރެއިން ކަމަށާއި އެހެންކަމުން، ރޭގަނޑު މި ސަރަޙައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް